ސިޔާސީ ޕާޓީތަކުން އޮޑިޓް ރިޕޯޓް ޕީޕީއެމް އިން ވެސް އެޕާޓީގެ އޮޑިޓް ރިޕޯޓް އިލެކްޝަން ކޮމިޝަނަށް ހުށައަޅައިފިއެވެ.
ހުށައަޅަން ޖެހޭ ތާރީހު މިއަދުގެ ނިޔަލަށް ހަމަވާއިރު، ޕީޕީއެމްގެ އިތުރުން މިހާތަނަށް އޮޑިޓް ރިޕޯޓް ހުށަހަޅައިފައިވަނީ 3 ޕާޓީއެކެވެ. އެ ޕާޓީތަކަކީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)، މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) އެވެ.
މިހާޓަތަނަށް އޮޑިޓް ރިޕޯޓް އިލެކްޝަން ކޮމިޝަނަށް ހުށަނާޅަނީ އަދާލަތު ޕާޓީ (އޭޕީ) އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (ޑީއާރުޕީ) އެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ސަމާލުކަމަށް، ނުވައެއް މޭއަކީ ޕާޓީތަކުގެ އޮޑިޓް ރިޕޯޓް ހުށަހަޅަންޖެހޭ އެންމެފަހު ތާރީހް ކަމަށެވެ.
ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގައިވާގޮތުން، ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓް ކޮމިޝަނަށް ހުށަހަޅާފއި ނުވާ ޕާޓީތަކަށާއި، އަދި ޕާޓީތަކުގެ މަގުސަދުތަށް ހާސިލް ކުރަން މަސައްކަތް ކޮށްފައިވާކަން އަހަރީ ރިޕޯޓުން ފެންނަން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނަށް ފާހަގަވާ ޕާތީތަކަށް ފައިސާ ނުދީ ހިފެހެއްޓިދާނެއެވެ.
ސީޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ކަނޑައަޅާފައިވާ މުއްދަތުގައި އޮޑިޓް ރިޕޯޓް ހުށަނާޅާ ޕާޓީތައް 20،000 ރުފިޔާއާއި 50،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.