އެމްޓީސީސީގެ ބަހެއް އަނެއްކާވެސް އެކްސިޑެންޓްވެއްޖެއެވެ. މި އެކްސިޑެންޓް ހިނގައިފައިވަނީ ކާރެއްގައި ޖެހިގެންނެވެ.
މީގެ ތިން ދުވަސްކުރިންވެސް އެމްޓީސީސީ ބަހެއް ދުއްވަން އިން މީހަކަށް ނިދިޖެހިގެން ނުރައްކާތެރި އެކްސީޑެންޓެއް ހިނގައި، މީހަކު މަރުވެފައިވެއެވެ.
މިއަދު ކާރަކާއި ބަހާ ޖެހި މިހިނގި އެކްސިޑެންޓްގައި ބަހާއި ކާރައްވެސް ބޮޑެތި ގެއްލުންތަކެއްވަނީ ވެފައެވެ. ނަމަވެސް މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުންވި ކަމުގެ މަޢޫލުމާތު ލިބިފައެއް ނުވެއެވެ.
ދުއްވަމުން ދިޔަ ކާރެއްގައި ފަހަތުގައި ޖެހިގެން ހިނގި މި އެކްސިޑެންޓާ ގުޅިގެން ކާރުގެ ފަހަތުކޮޅު ބަނޑިވެ، ބަހުގެ ހެޑްލައިޓާ ދިމާއިން ބައެއް ނެއްޓިގެން ގޮސް، ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.
އެކްސިޑެންޓްވި ބަހަކީ ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް ބޭނުންކުރާ ބަހެކެވެ.
މި ދެ އެކްސިޑެންޓުވެސް ފުލުހުން ގެންދަނީ ތަޙްގީގް ކުރަމުންނެވެ.
ހިޔާލު
Meega hury mukhinves dhogu mauloomaath liyefa. Caru othy huttaigen. Bus fahathun ais Jessy. Accident ga halaakuvy carakaa pickup akaa bus. Mi bus driver ah ves iny nidhifa kamah bunny driver.
ކޮމެންޓް ކުރުން ބަންދު