އިސްލާމީ މަރުކަޒަށް ހާއްސަކޮށް ވަގުތީ ޕާކިން ޒޯނެއް

އިސްލާމިކް މަރުކަޒަށް ނަމާދަށް ދާ ފަރާތްތަކުން، އެ މިސްކިތުގެ ގޯތި ތެރޭގައި ހުރި މާބުލްތައް މަތީ ވެހިކަލް ޕާކްކުރާތީ އެކަން ހުއްޓުވުމަށް އެ ސަރަހައްދުގައި ވަގުތީ ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ހަދާ ވަގުތީ ޕަކިން ޒޯން ހަދަނީ ސަލްޓަން ޕާކްގެ ހުޅަނގު ދެކުނުން އޮންނަ ހުސް ބިމުގައެވެ. ކުރިން ދިރާގު ހިންގަމުން ގެންދިޔަ އެސަރަހައްދު މިހާރު އޮތީ ކަޅުވަކަރު މިސްކިތް ބެހެއްޓުމަށް ހުސްކޮށްފައެވެ.

މިސަރަހައްދުގައި ހަދާ ވަގުތީ ޕާކިން ޒޯނާ ބެހޭގޮތުން މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިސްލާމީ މަރުކަޒުގާ ނަމާދަށް އަންނަ ފަރާތްތަކަށް ފަސޭހައަކަށްޓަކާ އިތުރަށް ޖާގަ ހެދުމުގެ މަސައްކަތް ކުރެވޭ ކަމަށެވެ. އަދި މާރބުލް އޭރިއާގައި ޕާރކް ނުކުރެއްވުން އެދޭ ކަމަށެވެ.

https://twitter.com/etna295/status/1126579923265540097?s=19

ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށް މޮސްކިއްތައް ފުރި ތޮއްޖެހުމަކީ އާންމު ކަމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ