މޮޅަދޫ ބަނދަރު ހަދާނެ ބަޔަކު ހޯދަން އިއުލާން ކޮށްފި

ހއ. މޮޅަދޫ ބަނދަރު ޑިޒައިންކޮށް ހަދާދޭނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން އިއްޔެ އިއުލާންކޮށްފިއެވެ.

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިޔަށްގެންދާ މިޕްރޮޖެކްޓް ކުރިޔަށް ގެންދަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާ ސްޓްރަކްޗަރ އިންނެވެ.

ބައިނަލްއަގްވާމީ ވާދަވެރި ބީލަމަކަށް ހުޅުވާލައިފަވާ މި ޕްރެޖްކްޓަށް ބީލަން ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހަކީ އަންނަ ޖޫންމަހުގެ 10 ވަނަ ދުވަހެވެ.

ރައްޔިތުންގެ މަޖިލީހުން 2019 ވަނައަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓްގައި މޮޅަދޫގެ ބަނދަރުހެދުމަށް 13 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

މޮޅަދޫ އަށް އަރާފޭބުމަށް މިހާރު ބޭނުން ކުރަމުންދަނީ 1996 ވަނަ އަހަރު ރައްޔިތުންގެ ހަރަދުގައި ހަދާފައިވާ ފާލަމެކެވެ. އަދި 2015 ވަނަ އަހަރުގެ ތެރޭގައި މަނަފަރު ރިސޯޓުގެ އެހީތެރިކަމާއެކު އެފާލަން އިތުރަށް ވަނީ މަރާމާތު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ