ހުޅުމާލޭގައި 2 ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި ދެސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގައިފައިވަނީ ހުޅުމާލެ ބޮޑުމަގުގައި ހުންނަ ޕީޕީއެމް ޖަގަހަ ކުރިމަތީގައެވެ. މިއެކްސިޑެންޓުގައި ދިވެއްސަކަށްވަނީ އަނިޔާވެފައެވެ.

މި އެކްސިޑެންޓް ހިނގީ ޕިއްޒާ ބޯނާގައި މަސައްކަތް ކުރާ ބިދޭސީއަކު ދުއްވަން އިން ސައިކަލެއްގައި ފަހަތުން އައި ސައިކަލެއް ޖެހިގެންނެވެ. ފަހަތުން އައި ސައިކަލުގައި ހުރީ ދެދިވެހިންނެވެ.

ފަހަތުން ދިޔަ ސައިކަލުގައި ދެ ދިވެހިން ތިބިއިރު އޭގެ ތެރެއިން ފަހަތުގައި އިން ކުއްޖާ ވެއްޓި މަގުގައި ބޯޖެހުމުން އޭނާ ވަނީ ހޭނެތިފަ އެވެ. 

ހުޅުމާލެ ހޮސްޕިޓަލް ހިންގަމުންދާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މީގެ ކުޑައިރުކޮޅެއް ކުރިން އީއާރްއަށް ގެނެސް ފަރުވާދެމުން އަންނަ ކަމަށެވެ. 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ