އެމެރިކާގެ ހަނގުރާމަމަތީ މަނަވަރު އަބްރަހަމް ލިންކަން - ފޮޓޯ: ވޮޝިންޓަން ޕޯސްޓް

އެމެރިކާ ކަނޑުގެ ސިފައިންގެ ޤާފިލާ ފުނޑުފުނޑުކޮށްލަން ބޭނުންވަނީ އެންމެ މިސައިލެއް – އިރާން

އެމެރިކާ ކަނޑުގެ ސިފައިންގެ ޤާފިލާ ފުނޑުފުނޑުކޮށްލަން ބޭނުންވަނީ އެންމެ މިސައިލެއްކަމަށް އީރާނުގެ އިސް ދީނީ ޢިލްމުވެރިޔަކު ވިދާޅުވެއްޖެއެވެ.

ޢާޔަތުﷲ ޔޫސުފް ޠަބަޓަބާއީ ނީޖާދު މިހެން ވިދާޅުވީ އީރާނުގެ މެދުއިރުމަތީ ރަށެއްކަމަށްވާ އިސްފަހާންގެ މިސްކިތެއްގައި މިއަދު ކުރެވުނު ހުކުރު ނަމާދުގެ ޚުތުބާގައެވެ. އާޔަތުﷲ ޔޫސުފް މިހެން ވިދާޅުވިއިރު އީރާނާއި އެމެރިކާގެ ގުޅުން އިތުރަށް ގޯސްވެ، އެމެރިކާގެ ހަނގުރާމަމަތީ މަނަވަރު އަބްރަހަމް ލިންކަން އީރާނާ ގާތުން ގަލްފަށްވަނީ ފުރުވާލާފައެވެ.

އެމެރިކާގެ ސަރުކާރުން އީރާނަށް އިންޒާރުދިނުމުގެ ގޮތުން އެޅި މިފިޔަވަޅަކީ ސީދާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުފުޅަށްއެޅި ފިޔަވަޅެވެ.  އެމެރިކާގެ ހަނގުރާމަމަތީ މަނަވަރު އަބްރަހަމް ލިންކަން މިހާރުވަނީ މިސްރުގެ ސުއޭޒްކެނޭލް ހުރަސްކޮށް ގޮސްފައެވެ.

"އެމީހުންގެ ބިލިއަން ޑޮލަރުގެ ގާފިލާ އެންމެ މިސައިލަކުންވެސް ފުނޑުފުނޑު ކޮށްލެވިދާނެ" އާޔަތުﷲ ޔޫސުފް ވިދާޅުވިކަމަށް އީރާނުގެ އިސްނާ ނޫސް އޭޖެންސީން ރިޕޯޓްކޮށްފައިވެއެވެ.

އީރާނަކީ އެމެރިކާ އެންމެ ޖެހިލުންވާ ޤައުމުތަކުގެ ތެރެއިން ޤައުމުކެވެ. ހަތިޔާރުހުރި މުއްސަނދި ޤައުމެކެވެ. އީރާނެގެ ފަރާތުން ނުރައްކާތެރި ވަމުންދާކަމަށްބުނެ މިހާރުވެސް އެމެރިކާއިން އަންނަނީ ފިޔަވަޅު އަޅަމުންނެވެ. ގަތަރުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭހަށް ބީ-52 މަރުކާގެ ބޮންއަޅާ މަތިންދާ ބޯޓުތައް މިހާރުވެސްވަނީ ފޮުވާފައެވެ.

އަސްކަރީ ކުރިމަތިލުމެއް ނުހިނގާނޭކަމަށް ނުދެންނެވޭނެކަމަށް ޓްރަމްޕް ބުނެފައިވާއިރު  އީރާނާއެކު މަޝްވަރާކުރުމަށް ބޭނުންފުޅުވާކަމަށް ޓްރަމްޕް ވިދާޅުވިނަމަވެސް އީރާނުގެ އިންގިލާބީ ގާޑުންވަނީ ދެކޮޅުހަދާފައެވެ. އެހެންނަމަވެސް އީރާނުން ކުރިއަށް ގެންދާކަމަށް އެމެރިކާއިން ބުނާ ނިއުކްލިއާ ޕްރޮގްރާމްތައް ނިމުމަކަށް ގެނައުމަށްޓަކައި މަޝްވަރާކުރުމަށް އީރާނުގެ ވެރިންނަށް ޓްރަމްޕްވަނީ ގޮވާލާފައެވެ.

އެމެރިކާއާއި މަޝްވަރާ ނުކުރެވޭނެކަމަށާއި އަދި އެމެރިކާއަށް އީރާނަށް ހަމަލާދޭން ނުވެސް ކެރޭނެކެމަށް އީރާނުގެ އިންގިލާބީ ގާޑުންގެ ސިޔާސީ ގޮފީގެ ނާއިބު ޔަދައުﷲ ޖަވާނީ ވިދާޅުވެފައިވާއިރު އީރާނުގެ އެއްވެސް ކަމެއްގައި އެމެރިކާއިން އީރާނަށް އިތުބާރުނުކުރާކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

މިއަދުގެ ހުކުރު ނަމާދަށްގަހު އީރާނުގެ އެތައްހާސް ރައްޔިތުންވަނީ، ސަރުކާރަށް ތާއީދުއޮތްކަން ހާމަކުރުމުގެ ގޮތުން ތެހެރާނުގެ މަގުތަކުގައި ހިނގާފައެވެ. ވެރިރަށުގެ އިތުރުން، އީރާނުގެ އެހެން ރަށްތަކުގައިވެސް ހިނގާލުންތައް ބާއްވާފައި ވެއެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ