އެމްއެފްއެލްސީ ކުޅުދުއްފުށީ ބަރާންޗު -ފޮޓޯ: ކުޅުދުއްފުށި އޮންލައިން

އެމްއެފްއެލްސީގެ ޚިދުމަތް ބޮޑުތިލަދުންމައްޗަށް ފުޅާކޮށްފި

ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ހާއްސަކޮށް ޚިދުމަތް ދިނުމަށްޓަކައި، މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ)ގެ އޮފީހެއް ހދ.ކުޅުދުއްފުށީގައި ހުޅުވައިފިއެވެ.

ރާއްޖޭގައި ހަމައެކަނި ލީސިން ހިދުމަތްދޭ އެމްއެފްއެލްސީގެ މި ބުރާންޗް ހުޅުވައިދެއްވީ، އެކަމަށްޓަކާ ރޭ ކުޅުދުއްފުށީގައި ބޭއްވި ހަފްލާއެއްގައި 19 ވަނަ މަޖިލީހަށް އިންތިހާބުވެވަޑައިގަންނަވާފައިވާ ކުޅުދުއްފުށީގެ ދެ ދާއިރާގެ މެމްބަރުންނެވެ.

އަފީފުއްދީން ސްކޫލް ހޯލުގެ ގޭޓް ކުރިމައްޗަށްވާ ގޮތަށް، އެމްއެފްއެލްސީން ކުޅުދުއްފުށީގައި ހުޅުވި މި އޮފީހަކީ، އެ އެކުންފުނީގެ ތިންވަނައަށް ހުޅުވި އައުޓްލެޓެވެ. އެ ކުންފުނީގެ އައުޓްލެޓްތަށް ހުޅުމާލޭގެ އިތުރުން ދެން ހުންނަނީ އައްޑޫ ސިޓީގައއެވެ.

އެމްއެފްއެލްސީ ކުޅުދުއްފުށީ ބަރާންޗު -ފޮޓޯ: ކުޅުދުއްފުށި އޮންލައިން

މި ރަސްމިއްޔާތުގައި ހުޅުވުމުގައި ހަފްލާގައި އެމްއެފްއެލްސީން ވިދާޅުވީ، މިއީ ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް އެކުންފުނީގެ ހިދުމަތްތައް ގާތުން ދިނުމުގެ ގޮތުން ހުޅުވި އޮފީހެއް ކަމަށާއި ހއ، ހދ އަދި ށ އަތޮޅުގެ ރައްޔިތުންނަށް މި އޮފީސް މެދުވެރިކޮށް މުދާ ލިބޭނެ ކަމަށެވެ.

މިހަފްލާގައި އެމްއެފްއެލްސީގެ ވެރިންނާއި މުވައްޒަފުން އަދި ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެއްވި އެވެ.

އެމްއެފްއެލްސީއަކީ ކުރެޑިޓަކަށް މުދާ ދޫކުރާ ރާއްޖޭގެ ހަމައެކަނި ކޮމްޕެނީ އެވެ. އެމްއެފްއެލްސީ މިހާރުވެސް ހަތަރު ސްކީމެއް ތައާރަފްކޮށްފައިވާއިރު މި ހިދުމަތްތަކީ ރައްޔިތުންނާ ވަރަށް ގުޅުން ހުރި ހިދުމަތްތަކެއް ކަން ފާހަގަކުރެވެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް