ސިރާޖު؛ އޭނާ ހުރި ކޮޓަރީގެ ފާޚާނާ ސާފުކުރަނީ..

ނޮޅިވަރަމު ސިރާޖުގެ ކަރަންޓީނު ނިންމާލީ ނަމޫނާ ދައްކަމުން

ކޮވިޑު-19 އާ ގުޅިގެން މި ވައިރަހަށް ފައްސިވާ މީހުންނާ ސީދާ ގުޅުން އޮތް މީހުން އެކަހެރިކޮށް، ކަރަންޓީންގެ ދުވަސްތައް ހޭދަކުރުމަށް ސަރުކާރުންދަނީ ގިނަ ޚަރަދުތަކެއް ކޮށް، ވަސީލަތްތައް ފޯރުކޮށްދެމުންނެވެ. މަތީ ފެންވަރުގެ ރިސޯޓުތަކުގެއެވެ. އެހެންޏާ، ގެސްޓުހައުސްތަކުގައެވެ. އެހެންޏާ ކަރަންޓީނު ފެސިލިޓީ ގޮތުގައި ތައްޔާރުކޮށްފައިވާ ތަންތަނުގައެވެ.

މިގޮތުން ފުރަތަމަ ކަރަންޓީނަށް ގެންދިޔަ މީހުން ކަރަންޓީން ނިންމާފައި ދިޔައިރު، އޭގެ ތެރެއިން ބައެއް މީހުންގެ ކޮޓަރި ގަސްތުގައި ހަޑިކޮށްފައި ހުރުމާ، ސާފުތާހިރުކަން ނެތުމަކީ މީސް މީޑިއާގައި ވަރަށް ބޮޑަށް ފެތުރުނު ޚަބަރެކެވެ. މިއާ ޚިލާފަށް ގިނަ ބަޔަކު ދިޔައީ ސާފުތާހިރުކަމަށް ލޯބިކޮށް، ލިބެމުންދިޔަ މަތީ ފެންވަރުގެ ޚިދުމަތަށް ޝުކުރުވެރިވަމުންނެވެ.

މިގޮތުން ދިވެހި ފުލުހުންގެ ތެރެއިން ކޮވިޑު-19 އަށް ފުރަތަމަ ފައްސިވި ފުލުހާ ސީދާ ގުޅުން އޮތް، ހދ ނޮޅިވަރަމު/ ހުސައިން ސިރާޖު ކަރަންޓީން ވާން ޖެހުނީ ކ. އަތޮޅު ވަރު އައިލެންޑް ރިސޯޓުގައެވެ. ސިރާޖު ވަނީ އެކާވީސް ދުވަހުގެ ކަރަންޓީނު ނިންމާފައި އެނބުރި މާލެ ދިއުމުގެ ކުރިން މުޅި ކޮޓަރި ފޮޅާ ސާފުކޮށް މޮއްޕުލައި ނަމޫނާ ދައްކާފައެވެ.

ސިރާޖު: އޭނާ ހުންނަން ލިބުނު ކޮޓަރި ސާފުކުރަނީ... ~ ފޮޓޯ: ފޭސްބުކު

ސިރާޖު މިނޫހަށް މައުލޫމާތު ދެމުން ބުނީ، އޭނާގެ ބޭނުމަކީ އޭނާއަށްފަހު ދެން އަންނަ މީހަކަށް ވެސް ބޭނުން ކުރެވޭ ވަރަށް ކޮޓަރި ސާފުކޮށްފައި ދޫކޮށްލުން ކަމަށެވެ. އެގޮތުން ކޮޓަރި ހަޑިވިޔަނުދީ ޤަވައިދުން ސާފުކުރަމުން ދިޔަ ކަމަށާއި، އަދި އެންމެ ފަހު ދުވަހު އަލުން މުޅި ކޮޓަރި އެއްކޮށް ސާފުކުރީ ކަމަށެވެ.

އެއާއެކު، ސިރާޖު ބުނީ، ދިވެހި ސިފައިން ބަލަހައްޓަމުން ދިޔަ އެ ރިސޯޓުގެ ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމަ ކަމަށެވެ. 21 ދުވަހުގެ ހުރިހާ ގަޑިއަކަށް ބަރާބަރަށް ކޮއްތު ލިބުނުކަމަށާއި، ވިއްސާރައިގެ ސަބަބުން ދިމާވަމުންދިޔަ ކޮންމެ ކަމަކަށް ސިފައިން ތިބީ ތައްޔާރަށްކަން ފާހަގަކުރެވުނު ކަމަށެވެ. އަދި ޤަވައިދުން ހާލުބަލަމުން ދިޔަކަމަށްޓަކައި ވެސް ޝުކުރުވެރިވާކަމަށެވެ. ކަރަންޓީނު ނިންމާފައި ރިސޯޓުން ފޭބީ ހިތްހަމަޖެހިފައި ހުރެ، ޝުކުރުވެރި ހިތަކާއި އެކު ކަމަށެވެ.

ސިރާޖު ފޭސްބުކުގައި ހިއްސާކޮށްފައިވާ ފޮޓޯއެއް.

ސިރާޖު ވަނީ ކަރަންޓީނުގެ ހަނދާންތައް ފޭސްބުކުގައި ހިއްސާކޮށްފައެވެ. އޭގެ ބޭނުމަކީ ލިބެމުންދިޔަ ފުރިހަމަ ޚިދުމަތުގެ އަގު ވަޒަންކޮށް ޝުކުރުވެރިވުން ކަމަށް ސިރާޖު ފާހަގަކުރިއެވެ.

"ކޮންމެ ދުވަހަކު އަޅުގަނޑު ގެ ހާލު ބައްލަވާ، ލޯއްބާއި އެކު އިރުސާދު ދެއްވެވި. އަދި މި ދުވަސް ތަކުގަ އަޅުގަނޑުގެ ހާލު ބެއްލެވި އާއިލާ އާއި އެކުވެރިން ނަށް ސުކުރުދަންނަވަން. މި 21 ދުވަހު އެކަނި ވރިކަން އިހްސާސް ނުވެ މި ހޭދަ ކުރެއްވުނީ ޔަގީނުންވެސް ތިއެންމެންގެ ލޯއްބާއި ހިތް ހެޔޮ ބަސްތަކުން ކަން ކަށަވަރު. މިދުވަސްތަށް ދުވަހަކުވެސް ހަނދާނުން ނުފިލާނެ ކަން ޔަގީން."~ ސިރާޖު ފޭސްބުކުގައި ލިޔެފައިވެއެވެ.

ސިރާޖުއާ އެކީ ކަރަންޓީނަށް ދިޔަ އެކާވީސް މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެ ވަނީ މިއަދު ކަރަންޓީނުން ދޫކޮށްލާފައެވެ. އެކަކު ކަރަންޓީނުގައި މަޑުކުރި ނަމަވެސް، އޭނަގެ ހާލު ވެސް ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ.

މިލިޔުން ކިޔާލުމުން
401241631
ގުޅުންހުރި ލިޔުންތައް

8 Responses

  1. މީހެއް

    ??

  2. މީހެއް

    ????

  3. މީހެއް

    Nolhivaran kuhjje???

  4. ސަނާ

    އަޅުގަނޑު ގެ ފިރިމީހާ ވެސް ކޮންމެ ދުވަހަކު ސާފު ކުރި ކަރަންޓީނުގަ ހުރި އިރު..ހަމަ އެކަނި މޮޕަކާ ފިހިގަނޑާ އެކަނި ހުރީ އެތާ،ޑިޓޯލް އާއި އެހެން އެއްޗެހި އަމިއްލަ އަށް ގެންދިޔައީ

    15
  5. ލިއު

    އަޅުގަނޑުގެ ފިރިމީހާ ވެސް ކަރަންޓީނުގައި ހުރި އިރު އޭނަ ހުރި ރިސޯޓްރޫމްގެ ކޮޓަރި ކޮންމެ ދުވަހަކު ކުނިކަހާ ސާފުކޮށް މޮޕް ލާ ހަދާ. ކޮންމެހެން ސޯޝަލް މީޑިއާ ގަ އެކަން އިއުލާން ނުކުރިޔަސް.

    30
    31
    • ލައިލާ

      ގުދޯގުދޯ

      2
      1
  6. މީހެއް

    No

  7. Nolhivaran kujjeh

    Varah ufaa vejje nolhivaram myhaku .
    …..mikahala namoonaa eh dhehkymah

    27
    2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ