މިފަހަރު ބަދިގެތެރެއިން މި ގެނެސްދެނީ ޗިޕްސްމޯ ޕުޑިން ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާ ތަކެތި:
- 1 ޕަކެޓް ޗިޕްސްމޯ ބިސްކޯދު
- 1 ދަޅު ގެރިކިރު
- 2 ދަޅު ނެސްލޭ ކްރީމް
- 3 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ގެރިކިރާއި، ކޮކޯ ޕައުޑަރ އަދި ނެސްލޭ ކްރީމް، ތައްޓެއްގެ ތެރެއަށް އެޅުމަށްފަހު ސަމުސަލުން ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ޗިޕްސްމޯ ބިސްކޯދުތައް ޓްރޭއެއްގައި އަތުރާލުމަށްފަހު ތައްޔާރުކުރި ކްރީމްގަނޑު އަޅާލާށެވެ. އަދި މިގޮތައް ހަމަ އެއް ލޭޔަރ ޓްރޭގައި ހަދާށެވެ. ދެން އެއަށްފަހު އައިސްއަލާމާރިއަށް ފިނިކުރަން ލާށެވެ.