އިސްލާމީ މަރުކަޒު | ފޮޓޯ: މިހާރު

ޖަމާއަތުގައި ނަމާދު ނުކުރާ މުއްދަތު 14 ޖޫންއާއި ހަމައަށް އިތުރު ކޮށްފި

ޖަމާއަތުގައި ނަމާދު ނުކުރާ މުއްދަތު އިތުރު ކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ބައެއް ރަށްރަށުގެ މިސްކިތް ތަކުގައި ޖަމާޢަތުގައި ނަމާދު ނުކުރާގޮތަށް ނިންމާފައިއޮތް އޮތުން 14 ޖޫން 2020 ވާ ބުރާސްފަތި ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް އިތުރުކޮށްފައި ވާކަމަށެވެ.

މިއީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅު ތަކުގެ ތެރެއިން އަޅާފައިވާ ފިޔަވަޅެކެވެ. މާލޭ ސަރަހައްދުގައިވެސް ލޮކްޑައުންއާއި ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް މިހާރު ވަނީ ލުއިތައް ދޭން ފަށައިފައެވެ.

ލޮކްޑައުންގެ ލުއިތައް ދިނުމުގެ ގޮތުން ސަރުކާރުން ވަނީ ކޮވިޑް-19 ނެތް ރަށްރަށުގައި ޖަމާޢަތުގައި ނަމާދު ކުރުމުގެ ހުއްދަ މެއި 22 ވަނަ ދުވަހުގެ ހުކުރު ނަމާދުން ފެށިގެން ދީފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޖަމާއަތުގައި ނަމާދުކުރުން މިދިޔަ މާރިޗް 18 ވަނަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގައި މެދުކަނޑާލާފައިވާއިރު މިދިޔަ އެޕްރީލް މަހުގެ 19 ވަނަ ދުވަހުގެ މަޣްރިބު ނަމާދުން ފެށިގެން ރާއްޖޭގެ ހުރިހާ މިސްކިތްތަކެއް ޖަމާއަތުގައި ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދު އަދި ތަރާވީހް ނަމާދު ކުރުން މެދުކަނޑާލުމަށް ސަރުކާރުން ވަނީ އަންގާފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ