ބަދިގެތެރޭން - އަންނާރު މިލްކްޝޭކް

ބަދިގެތެރޭން މިފަހަރު މި ގެނެސްދެނީ އަންނާރު މިލްކްޝޭކް ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • 1 އަންނާރު (ބޮޑު)
  • 2 ޖޯޑު ރޯކިރު ( ކިރުޕެކެޓް)
  • 1 މޭޒުމަތީ ސަމުސާ ހިކިކިރު ( ބޭނުންފުޅުނަމަ)
  • 2 މޭޒުމަތީ ސަމުސާ ހަކުރު
  • ވެނީލާ އައިސްކްރީން

ތައްޔާރުކުރާނެގޮތް:

އަންނާރުގެ ތޮށި މެށުމަށްފަހު އޮށްތައް ވަކިކޮށްލާ މިކްސްޗަރަށް އަޅާލާށެވެ. އެއަށްފަހު، ރޯކިރާއި، ހިކިރާއި އަދި ހަކުރު އޭގެތެރެއަށް އެޅުމަށްފަހު މިކްސްޗަރުން ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު 1 އައިސްކްރީމް ސްކޫޕް އެޅުމަށްފަހު އަނެއްކާވެސް ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު މިލްކްޝޭކް ތައްޓަކަށް އެޅުމަށްފަހު އައިސްކްރީމް ސްކޫޕެއް އޭގެ މައްޗަށް ލާށެވެ. މިހާރު ތިހުރީ އަންނާރު މިލްކްޝޭކް ތައްޔާރުކުރެވިފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ