ހިރިގަލު ވަޑާމަށް ހާއްސަ ކޯހެއް ފަށަނީ

ޒުވާނުންނަށް ޚާސަކޮށްގެން ހިރިގަލު ވަޑަން ދަސްކޮށްދޭ ކޯހެއް މިނިސްޓްރީ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖާއި، ގަދީމީ ކަލެކްޝަން އަދި މަޓީ ގުޅިގެން ހިންގުމަށް ހަމަޖެހިއްޖެއެވެ.

ހިރިގަލު ކޯހުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މުޅިން ހިލެއެވެ. ޖޫންމަހުގެ 10 އަކުން ފެށިގެން ދެ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ކޯހުގައި ބައިވެރި ވެވޭނީ 18 އަހަރާއި 30 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. ކޯހުން ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 10 މީހަކަށެވެ. މި ކޯހުގައި އާޓްސް ނުވަތަ އަތްތެރި މަސައްކަތުގެ ތަޖުރިބާ ނެތް މީހުންނަށްވެސް ބައިވެރިވެވޭނެކަމަށް ކޯސް އިންތިޒާމް ކުރާ ފަރާތުން ބުނެއެވެ. އަދި މި ކޯހުގައި ވިޔަފާރީގެ ގޮތުގައި ހިރިގަލު ވަޑާމުގެ މަސައްކަތް ކުރެވޭނި ގޮތްތައްވެސް ކިޔައިދޭނެއެވެ. 

ކޯސް ހިންގުމަށް ނިންމާފައިވަނީ ދިވެހިންގެ ތެރެއިން ނެތެމުންދާ އާދަތައް ދިރުވައި، ދިވެހިން އިހުގައި ކޮށް އުޅުނު އަތްތެރި މަސައްކަތްތައް ދިރުވައި އާލަ ކުރުމުގެ މަޤްސަދުގައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް