އިންޑޮނޭޝިއާގެ ސުމައްޓުރާގައި ހުންނަ ޖަލެއް ފަޅާލައި 115 އަށްވުރެ ގިނަ ގައިދީން ފިލައިފިއެވެ.
މިހާދިސާ ހިނގައިފައިވަނީ މިއަދު ހެނދުނެވެ. މިގޮތުން ޖަލު ފަޅައިލައިފައިވަނީ ޖަލު ތެރޭގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ. މި ހަމަނުޖެހުމުގައި ޖަލުގެ ބައެއް ހިސާބުތަކުގައި ހުޅު ޖަހައިފައިވެސް ވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ޖަލުގައި 650 ހަށްވުރެ ގިނަ ކުށްވެރިން ބަންދުކޮށްފައި ވެއެވެ. ޖަލު ފަޅާލައި ފިލި ގައިދީންގެ ތެރެއިން މިހާތަނަށްވަނީ 115 ގައިދީއެއް ހޯދައި އަލުން ބަންދުކޮށްފައެވެ. އިތުރު ގައިދީން ހޯދުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.
ޖަލުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ، ބައެއް ގައިދީން ޖަލު ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި ގުޅިގެން ޖަލު ބަލަހައްޓާ ގާޑުން އެމީހުންނަށް ހަމަލާދޭން ފެށުމާއި ގުޅިގެންނެވެ.
އިންޑަނޭޝިއާގައި ޖަލު ފަޅާލާ ކުއްވެރިން ފިލުމަކީ އާންމު ކަމެކެވެ. މިގޮތުން 2013 ވަނަ އަހަރުގެ ޖުލައި މަހު އިންޑޮނޭޝިއާގެ ޖަލެއްގައި ހިނގި ހަމަނުޖެހުމެއްގައިވެސްވަނީ 240 ގައިދީން ފިލާފައެވެ. އިންޑޮނޭޝިއާގެ ގިނަ ޖަލު ތަކަކީ ފުރި ގައިދީން ފުރިބާރުވެފައިވާ ޖަލުތަކެކެވެ.