ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ހުދައިދާ ބަނދަރުން ފައިބަނީ

ޔަމަނުގައި ކުރިއަށްދާ ދާހިލާ ހަނގުރާމައިގައި، ޔަމަނުގެ ސަރުކާރާއި ހޫތީ ހަނގުރާމަވެެރިންނާއި ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލަން ވެފައިވާ އެއްބަސްވުމުގެ ދަށުން ޔަމަނުގެ ހުދައިދީ ބަނދަރު މިނިވަންކޮށް އެތަނުން ހޫތީ ހަނގުރާމަވެރިން ފައިބަން ތައްޔާރު ވެއްޖެއެވެ.

ހުދައިދާ ބަނދަރުން ހަނގުރާމަވެރިން ފައިބަން ތައްޔާރުވެފައި މިވަނީ، ޔަމަނަށް އިންސާނީ އެހީ ފޯރުވުމުގެ މަގު ފަހިކުރުމަށްޓަކައެވެ.

ޔަމަނުގައި ފާއިތުވެދިޔަ ހަތަރު އަހަރުންސުރެ ހިނގަމުންދާ ދާހިލާ ހަނގުރާމައިގައި މިހާތަނަށްވަނީ 6800 އަށްވުރެ ގިނަ މީހުން މަރުވެފައެވެ. އަދި 10،700 އަށްވުރެ ގިނަ މީހުންވަނީ ޒަހަމްވެފައެވެ.

ހުދައިދާ ބަނދަރަކީ ޔަމަނުގެ ތިންބައިކޮށްފަ އެއްބައިގެ އާބާދީއަށް ބޭނުންވާނޭ ކާބޯތަކެތި އެތެރެކުރުމަށް ބޭނުންކުރާ ބަނދަރެކެވެ. ހަނގުރާމަވެރިންގެ ބާރުގެ ދަށަށް މި ބަނދަރު ގެނައުމާއި ގުޅިގެން ޔަމަނަށް އެތެރެކޮށްފައިވާ ގިނަ އަދަދެއްގެ ކާބޯ ތަކެތީގެ އެހީތައްވަނީ ޔަމަނުގެ ރައްޔިތުބްނަށް ފޯރުކޮށް ނުދެވިއެވެ.

ޔަމަނުގައި ހަމަނުޖެހުން އިތުރުވެ ޔަމަނު ދާހިލީ ހަނގުރާމައަކަށް ވެއްޓިފައިވަނީ މެދުއިރުމަތީގައި އުފެދުނު އަރަބި ސްޕުރިންގައި ޔަމަނުގައި ފެށި މުޒާހަރާތަކަށް ފަހުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ