ބަންޑާރަނައިބު އިބްރާހީމް ރިފްއަތު - ފޮޓޯ: ސަން

ކޮރަޕްޓް ޑީލެއްގައި ބައިވެރިވެފައި ނުވާނެ - ބަންޑާރަނައިބު

ދައުލަތުގެ ބަންޑާރަނައިބު، އިބްރާހީމް ރިއްފަތުގެ މައްޗަށް ކުރާ ތުހުމަތުތައް އޭނާ ދޮގުކުރައްވައިފިއެވެ.

ބަންޑާރަނައިބުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އަމިއްލަ ކުންފުނިތަކަކަށް ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ދޭން ކޯޓުން މިފަހުން ކުރި ހުކުމްތަކުގައި އޭނާގެ އިހުމާލްވުންތަކާއި ނުފޫޒުތަކެއްވާ ކަމަށެވެ.

މި ތުހުމަތުތައް ދޮގުކޮށް ބަންޑާރަނައިބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޤާނޫނީ ދާއިރާގައި ކުރި އެއްވެސް މަސައްކަތެއްގައި ކޮރަޕްޝަނުގެ އެއްވެސް ފައިދާއެއް ހޯދާފައި ނުވާނެ ކަމަށާއި، އަދި ނުހައްޤު ފައިދާއެއް ހޯދަން މަސައްކަތް ކޮށްފައިވެސް ނުވާނެ ކަމަށެވެ.

"އަޅުގަނޑަށް ކޮށްފައިވާ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް. ދައުލަތުގެ ފައިސާ ކޮރަޕްޝަނުން ރައްކާތެރި ކުރުމަށް މަސައްކަތް ކުރާނަން" ބަންޑާރަނައިބު ޓްވީޓަރ މެދުވެރިކޮށް ވިދާޅުވިއެވެ.

އިތުރަށް ރިފްއަތު ވިދާޅުވީ، ޤާނޫނީ ދާއިރާގައި އަމިއްލައަށް ކުރަމުން އައި މަސައްކަތްތައް ހުއްޓާލީ ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި ކަމަށާއި، ޚިދުމަތް ކުރައްވަނީ ނަޒާހާތްތެރިކަމާއެކުގައި ކަމަށެވެ.

ބަންޑާރަނައިބުގެ ކޮރަޕްޝަނުގެ ތުހުމަތު ކުރެވިފައި މިވަނީ، ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު ސަރުކާރުން ސޮއިކުރި އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ވަނީ ބާތިލްކުރި މައްސަލައިގެ ގެއްލުމުގެ ބަދަލަށް ދީބާޖާއަށް ދައުލަތުން 348 މިލިން ރުފިޔާ ދޭން ސިވިލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފައިވަނިކޮށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ