މިނިސްޓަރު އަލީ ވަހީދު ލ.އަތޮޅު ކައުންސިލްއާ ބައްދަލު ކުރައްވައިފި

ލ.އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާ ހައްލު ހޯދާނެ ގޮތްތަކާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރު އަލީ ވަހީދު އެއަތޮޅު ކައުންސިލްއާ މަޝްވަރާ ކުރައްވައިފިއެވެ.

މިނިސްޓަރު އަލީ ވަހީދު ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު ކައުންސިލް އަދި ފޮނަދޫ ކައުންސިލްއާ ވަނީ ބައްދަލު ކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާ ބެހޭ މައުލޫމާތު މިނިސްޓަރު އޮޅުންފިލުއްވިއެވެ. އަދި ކައުންސިލްއާއެކު މިފަދަ ކަންކަމުގައި ހައްލު ހޯދޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ގެސްޓްހައުސް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރާ ބަރެސްދޫގައި މަސައްކަތްތައް ކުރިއަށްދާ ގޮތް މިނިސްޓަރު ބައްލަވާލެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރު އަލީ ވަހީދު ވަނީ ގަމުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ މަސްލަހަތުވެރިންނާ ބައްދަލުކުރައްވާ ހުރި ދަތިތައް އޮޅުފިލުއްވާފައެވެ.

މިނިސްޓަރުގެ މިދަތުރުފުޅުގައި އެމް.އައި.ޓީ.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުޙަންމަދު މާޖިދުއާއި ޓޫރިޒަމް މިނިސްޓްރީއާއި އެމް.އައި.ޓީ.ޑީ.ސީގެ އޮފިޝަލް ބައިވެރިވަޑައިގެންނެވިއެވެ.

ރާއްޖޭގެ ލޯކަލް ޓޫރިޒަމް އެހެން ހަރުފަތަކަށް ގެންދިޔުމަކީ މި ސަރުކާރުގެ ތަސައްވުރުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން މިހާރު މި ސިނާއަތުގައި މަސައްކަތްކުރައްވާ ފަރާތްތަކާއި ވިޔަފާރިވެރިންނަށް، މިހާރަށް ވުރެން ފަހި މާހައުލެއް ގާއިމް ކޮށްދިނުމަށް މަސައްކަތްކުރަން، މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ ކަމުގައިވާ އެމްޑީޕީން ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ނެރުނު އެޖެންޑާ19 މެނިފެސްޓޯގައި ހިމަނާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ