ބަދިގެތެރޭން މިފަހަރު މި ގެނެސްދެނީ މިލްކް ކޭކް ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާ ތަކެތި:
- 4 ބިސް
- 200ގ ހަކުރު
- 200ގ ފުއް
- 10 މޭޒުމަތީ ސަމުސާ ބަޓަރު
- 1 މޭޒުމަތީ ސަމުސާ ބޭކިން ޕައުޑަރ
- 1 މޭޒުމަތީސަމުސާ ވެނިލާ އެސެންސް
- 1 ޖޯޑު ރޯކިރު
- ވިޕިން ކްރީމް
ތައްޔާރުކުރާނެ ގޮތް:
އިލެކްޓްރިކް ހޭންޑް މިކްސާ އެއް ބޭނުންކޮށްގެން ނުވަތަ މިކްސަރެއްގައި ފުރަތަމަ ބިސްތައް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު އޭގެތެރެއަށް، ހަކުރާއި، ވެނީލާ އެސެންސް އަޅާ އެއްކޮށްލާށެވެ. ދެން އަނެއްކާވެސް ފުށާއި، ބޭކިން ޕައުޑަރ އެޅުމަށްފަހު ރަނގަޅަށް އެއްވަންދެން ގިރާލާށެވެ.
ދެން އެއަށްފަހު ވަކިން ތެއްޔެގެ ތެރެއަށް ކިރާއި ބަޓަރު އެޅުމަށްފަހު އެއްވަންދެން ގޭސް އުނދުނުގައި ރަނގަޅަށް ހޫނުކޮށްލާށެވެ. އެއަށްފަހު ކުރިން ހެދި މިކްސްގެ ތެރެއަށް އެއްވެފައިހުރި ކިރާއި ބަޓަރު ކޮޅު އަޅާލާ، އެނެއްކާވެސް ރަނގަޅަށް އެއްކޮށްލާށެވެ.
ރަނގަޅަށް މިހުރިހާ އެއްޗެއް އެއްކުރުމަށްފަހު ކޮންޓެއިނަރަކަށް ނުވަތަ ކޭކް ފިހާ ޓްރޭއަކަށް އަޅާ، އަވަން 180 ޑިގްރި ސެލްސިއަސް އަށް ހޫނުކުރުމަށްފަހު 30 މިނެޓުވަންދެން އަވަނުން ކޭކު ފިހެލާށެވެ. ކޭކް ފިހެވުމުން ހިހޫކުރުމަށް ކޭކް އަވަނުން ނަގާފައި ބަހައްޓާށެވެ. އަދި ކޭކް ހިހޫ ވުމުން ކޭކްގެ މަތީގައި ވިޕިން ކްރީމް ހާކާށެވެ.
މިހާރު ތިހުރީ މިލްކް ކޭކް ތައްޔާރުކުރެވިފައެވެ.
3 Responses
Mee milk cake hadhaagotheh noon.
Mi gothakahnoon milkcake hadhany..mi we varah bodu olhuvaalumeh
Miheneh noon ingeytho milk cake hadhanee… photo ga in gothun eba feney dho milk foavegen faibaa than.. ebai liyan handhaan nethunee tho