ސިޓީ 2018-19 އީޕީއެލް ތައްޓާއެކު - ފޮޓޯ: އޮންލައިން

އީޕީއެލް – ސިޓީން ތަށި ދިފާޢުކޮށްފި، ލިވަޕޫލް ފަހުވަގުތާއި ހަމައަށްވެސް ހިތްވަރުކުރި

ޕްރިމިއާ ލީގުގައި މިރޭ ބްރައިޓަން އަދި ސިޓީ ބައްދަލުކުރި މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސިޓީން ޕްރިމިއާ ލީގުގެ ތަށި ދިފާޢުކޮށްފިއެވެ.

ޕްރިމިއާ ލީގުގައި މިރޭ ބްރައިޓަން އަދި ސިޓީ ބައްދަލުކުރި މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސިޓީން ޕްރިމިއާ ލީގުގެ ތަށި ދިފާޢުކޮށްފިއެވެ.

ތަށި ޔަޤީންކުރަން މިރޭ ކުޅުނު މެޗުން ސިޓީ ބޭނުންވަނީ މޮޅެކެވެ. ސިޓީން މެޗަށް ނުކުތީ އެއަޒުމުގައެވެ. އެހެން ނަމަވެސް މެޗުފަށައި ބައިގަނޑިއިރު ނުވަނީސް ސިޓީ ހާސްކޮށްލީ 27 މިނަޓްގައި ބްރައިޓަންގެ މުރޭ ޖަހައިދިން ލަނޑާއެކުގައެވެ.

ބްރައިޓަންގެ މިލަނޑާއެކު އުންމީދު ލިބުނީ 1-0 ގެ ނަތީޖާއަކުން ވޯލްވްސްގެ މައްޗަށް އޭރުކުރި ހޯދައިފައިއޮތް ލިވަޕޫލަށެވެ. އަދި ބްރައިޓަންގެ މިލަނޑާއެކު ލިވަޕޫލްމެޗުގައި ހުރި ލިވަޕޫލް ސަޕޯޓަރުން އަޑުގަދަކޮށް އުފާފާޅުކުރިއެވެ.

ބްރައިޓެންއަށް ލީޑުގައި މިނެޓަކުވެސް ހިފަހައްޓާލެވޭގޮތްވަނީ ނުވެފައެވެ. ސިޓީގެ އަގުއޭރޯ ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މިއީ މިސީޒަންގައި އަގުއޭރޯ ޖަހައިދިން 21 ވަނަ ލަނޑެވެ. ލިވަޕޫލްގެ ސަލާޙްވެސް ވަނީ މިއަދަދަށް މިސީޒަންގައި ލީގު ލަނޑުޖަހާދީފައިވެއެވެ.

އެއާކު ޕްރެޝަރުގައި އޮތް ސިޓީގެ ހަމަލާތައް ވަރުގަދަ ކުރިއެވެ. އަދި ފުރަތަމަ ހާފު ނިމުގެ ކުރިން އިތުރު ލަނޑެއްޖަހައި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ.

ސިޓީން ޖައްސަ ޖައްސައިގެން ނެގި ދެވަނަ ޕްރިމިއާ ލީގު ތަށި ޔަޤީންވެގެން ދިޔައީ ދެވަނަ ހާފުގައި މަހްރޭޒް އަދި ގުންޑޯގަން ޖެހި ދެލަނޑަކާއެކުގައެވެ. މިއީ ސިޓީން މިތަށީ ނެގި ހަތަރުވަނަ ފަހަރެވެ. އަދި ޖައްސަ ޖައްސައިގެން ނެގި ފުރަތަމަ ފަހަރެވެ.

ސިޓީގެ ފަހަތުން ޕްރިމިއާ ލީގަށް ވާދަކުރަމުން އައި ލިވަޕޫލުންވެސް ފަހު ވަގުތާއި ހަމައަށްވަނީ ހިތްވަރު ދޫކޮށްނުލާ މަސައްކަތްކޮށްފައެވެ. އެންފީލްޑްގައި ވޯލްވްސްއާއި ދެކޮޅަށް ކުޅުނު މިމެޗު ލިވަޕޫލް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނުނު ދެލަނޑުވެސް ޖަހައިދިނީ ލިވަޕޫލްގެ ސަޑިއޯ މާނޭއެވެ.

މިމެޗުން މޮޅުވެ ލިވަޕޫލަށް 97 ޕޮއިންޓް ލިބިފައިވާއިރު ތަށި ކާމިޔާބުކުރި ސިޓީ މިރޭގެ މެޗުން މޮޅުވެ ޖުމްލަ 98 ޕޮއިންޓް ހޯދާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް