ނޭޝަނަލް އާޓް ގެލެރީ ހޯލްގެ އާބާތުރަ ފިލުވަނީ

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ހިންގަމުން އަންނަ ނޭޝަނަލް އާޓް ގެލެރީގެ ހޯލްގެ އާބާތުރަ ފިލުވާނެ ފަރާތެއް ހޯދުމަށް އަނެއްކާވެސް އިއުލާން ކޮށްފިއެވެ.

އެންސީއޭ އިން ވިދާޅުވީ، އާޓް ގެލަރީ ހޯލް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަ ކުރި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ލިޔުންތައް ހަމަނުވާތީ އެއިޢުލާން ބާތިލް ކުރުމަށްފަހު އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފައިވާ ކަމަށެވެ.

އާޓް ގެލަރީ ހޯލް މަރާމާތު ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 15 ވާ ބުދަ ދުވަހު ހެނދުނު 11:00 އަށް ނޭޝަނަލް އާޓް ގެލެރީ ހޯލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މިމަހުގެ 22 ވާ ބުދަ ދުވަހު ހެނދުނު 11:00 އަށް ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސްއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެންސީއޭ އިން އެދިލައްވައެވެ.

އެންސީއޭ އިން ވިދާޅުވީ، މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތްކަމަށެވެ.

ނެޝަނަލް އާރޓް ގެލަރީ ހޯލަކީ ތަފާތު އިވެންޓްތައް ބޭއްވުމަށާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާރޓްސް އިން ބޭނުންކުރަމުންދާ ހޯލެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ