މާލޭގައި ދުއްވާ ޓެކްސީތައް ފެނުމުން ޢާންމުންނަށް އެއީ ޓެކްސީއެއްކަން އެނގޭނެ، އަޅައިގަންނާނެ ފަދަ ގޮތަކަށް ޓެކްސީތައް އެއް ޔުނީފޯމަކަށް ބަދަލުކުރަން ޓްރާންސް ޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.
މާލޭގައި ދުއްވާ ޓެކްސީތައް އެކިގޮތަށް ހުންނައިރު ގިނަ ޓެކްސީތައް ހުރީ ވަރަށް ބޮޑަށް ބާވެ، ކުލަވެއްޓިފައެވެ. އެހެންވެ، ހުރިހާ ޓެކްސީތަކެއް އެއް ކުލައެއްގައި އެއް ޑިޒައިނަކަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ޓްރަންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވަނީ ވިދާޅުވެފައެވެ.
ހުރިހާ ޓެކްސީއެއްވެސް އެއްގޮތަކަށް ހުރުމުން އާންމުނަށް ލުއިވެގެން ދާނެ ކަމަށާއި މާލެ އަންނަ ޓުއަރިސްޓުންނަށްވެސް ބޮޑެތި ފަސޭހަތަކެއް ވެގެން ދާނެކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޓެކްސީތަކަށް ގެންނަން ނިންމާފައިވާ ބަދަލުތަކާ ގުޅޭގޮތުން، މި ރޯދަ މަހު ޑްރައިވަރުންނަށް މައުލޫމާތު ދޭނެ ކަމަށެވެ. އަދި އެ ބަދަލު ގެނައުމަށް އަހަރެއްހާ ދުވަހުގެ މުހުލަތެއް ދޭނެ ކަމަށް ވެސް އެތަނުން ބުންޏެވެ.
އާއްމުން އަބަދުވެސް އަންނަނީ މާލޭގައި ދުއްވާ ބައެއް ޓެކްސީތަކުގެ ފެންވަރު ދަށްވުމުގެ ޝަކުވާ ކުރަމުންނެވެ. ބައެއް ޓެކްސީތަކުގެ ސީޓުތައް ހަލާކުވެ އިށީންނަށް ނުކެރޭވަރަށް ހަލާކުވެފައިވާއިރު އަނެއްބައި ޓެކްސީ ތަކުގައި ދުވާ ނުބައިވަހުން ކަސްޓަމަރު ހުންނަނީ މޭ އަންދައަންދައެވެ.
އަދި އެ މައްސަލަތައް ހައްލުކޮށް، ޓެކްސީ އާކުރުމަށް 2016 ވަނަ އަހަރުން ފެށިގެން ބޭންކުތަކުން ލޯނު ދޫކުރެ އެވެ.
ހިޔާލު
Viyaa nudhaa baeh
ކޮމެންޓް ކުރުން ބަންދު