ކޯސްޓާގެ އަމަލުތަކާމެދު ޖުވެންޓަސް ހިތްހަމަނުޖެހިފައި

ޖުވެންޓަސްއަށް ކުޅޭ ބްރެޒިލްގެ މިޑްފީލްޑަރ ޑަގލަސް ކޯސްޓާގެ އަމަލުތައް ހުރިގޮތުން އެޓީމުން އޭނާއާއި ދޭތެރޭ ހިތްހަމަނުޖެހިފައިވާކަން ހާމަވެއްޖެއެވެ. މިކަން މިގޮތަށް ދިމާވީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހިނގި ކާރު އެކްސިޑެންޓްއަކަށްފަހު އޭގެ ކުޑަ ގަޑިއިރުކޮޅެއްފަހުން ނޭމާގެ އުފަންދުވަސް ފާހަގަކުރުމަށް ޕެރިސްއަށް ދިއުމާއި ގުޅިގެންނެވެ.

ހޯމަ ދުވަހުގެ ހެނދުނު ހިނގި މި ކާރު އެކްސިޑެންޓްގައި ކޯސްޓާއަށް އެއްވެސް ގެއްލުމެއް ނުވިނަމަވެސް، 47 އަހަރުގެ މީހަކުވަނީ ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އިޓަލީގެ މަޖައްލާއެއްކަމަށްވާ "ލަގަޒެއްޓަ ޑެލޯއިން" ބުނެފައިވާގޮތުން، ޖުވެންޓަސްއިން ކޯސްޓާގެ މިއަމަލުތާކާމެދު ކިތަންމެ ހިތްހަމަ ނުޖެހުނު ނަމަވެސް ކްލަބްގެ އެއްވެސް ޤަވާޢިދަކާ ކޯސްޓާ ޚިލާފުވެފައި ނުވާތީ އޭނާ އާ ދޭތެރޭ ފިޔަވަޅު އެޅޭގޮތްވަނީ ނުވެފައެވެ. ނަމަވެސް މިކަމާއި ގުޅިގެން ކޯސްޓާ އަދި އޭނާގެ އެޖެންޓާއިއެކު ބައްދަލުވުވުމެއް ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ.

ކްލަބްގެ އިސް ވެރިން ކޯސްޓާއާދޭތެރޭ ހިތްހަނަނުޖެހުން ފާޅުކުރަމުން ދާއިރު މިއީ ކޯސްޓާއާ ޖުވެންޓަސްއާ ދެމެދު މައްސަލަ ޖެހުނު ފުރަތަމަ ފަހަރެއް ނޫނެވެ. މިސީޒަންގެ ކުރީކޮޅު ފެޑެރިކޯގެ މޫނަށް ކުޅު ޖެހުމާއި ގުޅިގެން ކޯސްޓާވަނީ ޖޫރުމަނާވެސް ކޮށްފައެވެ. އަދި އެފަހަރު ޓްވިޓަރ މެދުވެރިކޮށް އެކަން ޖުވެންޓަސްއިން ކަށަވަރު ކޮށްދިނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް