ގުޅީފަޅުގައި ބޭނުންކުރަމުންދިޔަ ޕްލާސްޓިކް ޝީޓްތަކެއް އޮޔާދާތީ، ދަތުރުކުރާ މީހުން ސަމާލުވާން އެދެފި

ގުޅީފަޅުގައި ބޭނުންކުރަމުންދިޔަ ޕްލާސްޓިކް ޝީޓްތަކެއް އޮޔާދާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން އެދެފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، މިއަދު އައި ބާރުގަދަ ކޮޅިގަނޑެއްގައި، ކ. ގުޅީފަޅުގައި ބޭނުންކުރަމުންދިޔަ 20 ފޫޓްގެ ގިނަ އަދަދެއްގެ ޕްލާސްޓިކް ޝީޓްތަކެއް ކަނޑަށް ދޫވެފައިވާކަމަށެވެ. އަދި މިތަކެތި އޮޔާދަނީ ވިލިމާލެ އާއި މާލެ އާ ދޭތެރެއިން އިރުއުތުރަށް ކަމަށާއި، މިސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން މިތަކެއްޗަށް ސަމާލުވުމަށްވެސް އެމްއެންޑީއެފުން އެދިފައިވެއެވެ.

މި ދުވަސް ވަރަކީ ރާއްޖެއަށް ވިއްސާރަކޮށް މޫސުން ގޯސް ދުވަސްވަރެކެވެ. އެހެން ކަމުން މެޓް އޮފީހުން އަންނަނީ އެކި ސަރަހައްދުތަކަށް އެލާޓް ނެރެމުންނެވެ.

އެގޮތުން މޫސުން ގޯސްވުމާއި ގުޅިގެން ތަފާތު ގިނަ ހާދިސާތަކެއް މިދުވަސްވަރު ހިނގަމުންދާކަމަށްވެސް އެމްއެންޑީއެފްއިންވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ