ފެށުން ބަދިގެތެރޭން މިފަހަރު މިގެނެސްދެނީ ޗޮކްލެޓް ސްމޫތީ ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާ ތަކެތި:
- 4 އައިސް ކިއުބް
- 2 ސްކޫޕް ޗޮކްލެޓް އައިސްކްރީމް
- 1 ދޮންކެޔޮ ވަށް (ކޮށާފައި)
- 1 ޖޯޑު ޗޮކްލެޓް މިލްކް
- ކުޑަ ކޮކޯ ކޮޅެއް
ތައްޔާރުކުރާނެ ގޮތް:
އައިސްކިއުބް އަދި ޗޮކްލެޓް މިލްކް ބްލެންޑާރ އަށް އެޅުމަށްފަހު އައިސްކިއުބް ކޮޅު ކުޑަކޮށް މުގުރެންދެން ގިރާލާށެވެ. ދެން ޗޮކްލެޓް އައިސްކްރީމް އަދި ދޮންކެޔޮ ކޮޅު އޭގެތެރެއަށް އެޅުމަށްފަހު 30 ސިކުންތު ވަންދެން ގިރާލާށެވެ. އެއަށްފަހު ތައްޓަކަށް އަޅައި އޭގެމަށްޗަށް ކޮކޯ ޕައުޑާރ ކޮޅު ބުރުވާލާށެވެ. މިހާރު މިވަނީ ޗޮކްލެޓް ސްމޫތީ ތައްޔާރުކޮށް ނިމިފައެވެ.