ވެސްޓްހާމްގެ ސަޕޯރޓަރުން ސަލާއަށް ހަޑިހުތުރުބަހުން މުޚާތަބުކުރާ ވީޑިއޯއެއް ޢާއްމުވެއްޖެ

ވެސްޓްހާމްގެ ސަޕޯރޓަރުން ލިވަރޕޫލްގެ މުޙައްމަދު ސަލާއާ ދިމާލަށް ހަޑިހުތުރުބަހުން މުޚާތަބުކުރާ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.

މީސްމީޑިއާގައި ވައިރަލްވެފައިވާ ވީޑިއޯއަކީ، ރޭ ވެސްޓްހާމް އަދި ލިވަރޕޫލް ބައްދަލުކުރި މެޗުގެ ވީޑިއޯ އެކެވެ. މިމެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.

ފުޓްބޯޅައިގައި ނަސްލީ ތަފާތުކުރުމުގެ މައްސަލަ އިތުރުވަމުންދާއިރު އިނގިރޭސިވިލާތުގައި މިމައްސަލަ ބޮޑުވެ ބޮޑުތި ބަހުސްތަކާހަމައަށްވަނީ ގޮސްފައެވެ. ޤަބޫލުކުރަން ދަތިވިނަމަވެސް ފާއިތުވި މަހެއްހާ ދުވަސްތެރޭ އިނގިރޭސިވިލާތުގައި ވަނީ ނަސްލީ ތަފާތުކުރުން އިންތިހާއަށް އިތުރުވެފައެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޗެލްސީގެ ސަޕޯރޓަރުން ސިޓީގެ ރަހީމް ސްޓާލިން އާވެސް ހަޑިހުތުރުބަހުން މުޚާޠަބު ކޮށްފައިވެއެވެ. މިގޮތަށް ނަސްލީ ތަފާތުކުރުމުގެ ޝިކާރައަކަށްވާ ބައެއް ކުޅުންތެރިން ހަމަ އެދަނޑިވަޅުގައި އެއަށް ރައްދުދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ލަންޑަން ސްޓޭޑިއަމްގައި ހުރި ސަޕޯރޓަރަކު މިވީޑިއޯ ރެކޯޑުކޮށްފައިވާއިރު ސަލާއާއި ދިމާލަށް އެފަދައިން މުޚާތަބު ކުރަނީ ކާކުކަމެއް ހާމައެއްނުކުރެއެވެ. ނަމަވެސް އެމީހަކު ސަލާއާއި ދިމާލަށް ކިޔާ އެއްޗެހި ހަމަ ރަނގަޅަށް ސާފޮކޮށް އިވެއެވެ. ނަމަވެސް އެއަޑު އެވަގުތު ކޯރނަރ ނަގަންގޮސް ހުރި ސަލާއަށް އިވުނުކަމެއް ސާފެއްނުވެއެވެ. ނަމަވެސް އެތާހުރި ގިނަ ސަޕޯރޓަރުންނަށް މިހަޑިހުތުރު ބަސްތަކުގެ އަޑު އިވޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް