ޗެމްޕިއަންސް ލީގު އޮގަސްޓް 7 ގައި ފަށަނީ

ކޮވިޑް-19 އާއި ގުޅިގެން މެދުކަނޑާލާފައިވާ ޔޫއެފާ ޗެމްޕިއަންސް ލީގު އޮގަސްޓް 7 ގައި ފެށުމަށް ނިންމައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ޗެމްޕިއަންސް ލީގު މެޗު ކަނޑާލާފައިވަނީ ގަދަ 16 ގެ ދެވަނަ ބުރުގެ މެޗުތައް ކުރިއަށް ދަނިކޮށްނެވެ. އެގޮތުން ގަދަ 16 ގެ ދެވަނަ ބުރުގެ ހަތަރު މެޗެއް ނުކުޅެވެއެވެ. އެއީ ބަޔާން އާއި ޗެލްސީ ބައްދަލުކުރާ މެޗާއި، ބާސެލޯނާ އަދި ނަޕޯލީ ބައްދަލުކުރާ މެޗާއި އަދި ސިޓީއާއި ރެއަލްމެޑްރިޑް ބައްދަލުކުރާ މެޗުގެ އިތުރުން ޔުވެންޓަސް އާއި ލިޔޯން ބައްދަލުކުރާ މެޗެވެ.

ޔޫއެފާއިން ވިދާޅުވި ގޮތުގައި ގަދަ 16 ގެ ނުކުޅެ ހުރި މެޗުތައް އޮގަސްޓް 7 އަދި 8 ގައި ކުޅުމަށްވަނީ ނިންމާފައެވެ.

އަދި ކުއާޓާރއާއި ހިސާބުން މުބާރާތް މިނީ ޓާނަމެންޓަށް ބަދަލުކުރާގޮތަށް ނިންމާފައިވާއިރު، ކުއާރޓާރ ފައިނަލް، ސެމީ ފައިނަލް އަދި މުބާރާތުގެ ފައިނަލް ކުރިއަށް ދާނީ އޮގަސްޓް 12 އިން އޮގަސްޓް 23 އަށެވެ. ކުއާރޓާ ފައިނަލާއި ސެމީ ފައިނަލްގެ އިތުރުން ފައިނަލްވެސް ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ގަދަ 16 ގެ ބާކީ ހުރި މެޗުތައް ކުޅޭނެތަނެއް ޔޫއެފާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޗެމްޕިއަންސް ލީގުގައި ބާކީ ހުރި ހުރިހާ މެޗެއްވެސް ކުޅޭގޮތަށް ނިންމާފައިވަނީ ސަޕޯޓަރުން ނުވައްދައެވެ. އެހެންނަމަވެސް ޕޯޗުގަލްގެ ސިއްޙީ ޙާލަތަށް ބަލައި އެނިންމުމަށް ބަދަލު ގެންނަން ޖެހިއްޖެނަމަ އެގޮތަކަށް ޔޫއެފާ އޮތީ ތައްޔާރަށެވެ.

މިހާތަނަށް މުބާރާތުގެ ކުއާރޓާ ފައިނަލް ކަށަވަރުކޮށްފައިވާ ޓީމުތަކަކީ ފްރާންސްގެ ޕީއެސްޖީއާއި، އިޓަލީގެ އެޓަލަންޓާއާއި އަދި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑްގެ އިތުރުން ޖަރުމަނީގެ ލެއިޕްޒިގެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ