ފަތުރުވެރިކަމަށް އައު ރަށްތަކެއް ބިޑަށް ހުޅުވާލަން ތައްޔާރުވަނީ

ޖުލައި މަހުން ފެށިގެން އާ ރަށްތަކެއް ރިސޯޓު ހެދުމަށް ދޫކުރުމަށް ބިޑަށް ހުޅުވާލަން ސަރުކާރުން ތައްޔާރު ވެއްޖެ އެވެ.

މި ސަރުކާރުގައި ރިސޯޓު ހަދަން، ރަށް ދޫކުރުން މެދުކަނޑާލާފައި ބޭއްވުމަށްފަހު، އަލުން ރަށް ދޫކުރަން ފަށަނީ ދިރާސާ ކުރުމަށްފަހުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެންގެ މެނިފެސްޓޯ އާއި ރާއްޖޭގެ ޓޫރިޒަމް ދިރާސާކޮށް ގާތްގަނޑަކަށް ނިންމާލެވިއްޖެ. އެހެންވެ އޯޕަން ބިޑިން އަށް ރަށްތައް ނެރެވޭނެ ކަމަށް މި ބެލެނީ ޖުލައި މަހުގެ ކުރިން. މިކަން ކުރަނީ ކަމާބެހޭ މިނިސްޓްރީތަކާ ސްޓޭކް ހޯލްޑަރުންނާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު،" އަލީ ވަޙީދު ވިދާޅުވި އެވެ

މި ފަހަރު ރަށްތަށް ބިޑަށް ހުޅުވާލާނީ ރިސޯޓު ނެތް ސަރަހައްދުތަކަށް އިސްކަން ދީގެން، ރައްޔިތުންނާއި ކައުންސިލް ތަކުން ހޯދި ހިޔާލުގެ މައްޗަށް ބަލައިގެންކަމަށާއި، ރައީސް ސޯލިހުގެ ވިސްނުން ފުޅު ވެސް ހުރީ ޓޫރިޒަމް ނުގޮސްހުރި ހިސާބުތަކަށް ޓޫރިޒަމް ފުޅާ ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މާލެ ޒޯން މި ވަނީ ފްލަޑްވެފައި، ކަރަންޓު ޑިވްލޮޕްމަންޓް އަތުވެއްޖެނަމަ 10،000 ބެޑުގެ އަދަދު އަރާނެ. އަޅުގަނޑުމެންގެ އެބައޮތް ސެންޓްރަލް ޒޯނަށް 2،000 ބެޑްގެ ވައުދެއް. މި ވަރަށް ދޫކޮށްލިއްޔާ ހުރި ފަޅުތަކާއި ބެޑް ތަކާއެކު 10،000 ބެޑަށް އިތުރުވޭ އެބަ. މި ކަމަށް އެޑްރެސް ކުރާނެ އިކޮނޮމިކް ކައުންސިލްގައި. އަޅުގަނޑުމެން ބޭނުންވަނީ ސަސްޓޭނަބަލް ޓޫރިޒަމަށް ދާން،" އަލީ ވަހީދު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި މިހާރު 140 ރިސޯޓު ދަނީ ހިންގަމުންނެވެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ