ފަލަސްތީނުގެ ރައްޔިތުން މާދަމާ ބޮޑު މުޒާހަރާއަކަށް ނުކުނަނީ

"ނަކްބާ ދުވަސް" ފާހަގަ ކުރަން ފަލަސްތީނުގެ ރައްޔިތުން މާދަމާ ބޮޑު މުޒާހަރާއަކަށް ނުކުންނަން ތައްޔާރުވެއްޖެއެވެ.

ނަކްބާ ދުވަހަކީ، ފަލަސްތީނުގެ ބިންތަށް ފޭރިގަނެ އިސްރާއީލުން އެމީހުންގެ އަމިއްލަ ދައުލަތެއް ގާއިމު ކުރުމާ ގުޅިގެން ނުރުހުން ފާޅުކޮށް ކޮންމެ އަހަރަކުވެސް ފަލަސްތީނުގެ ރައްޔިތުން ފާހަގަކުރާ ދުވަހެކެވެ.

ފަލަސްތީނުގެ ބިންތަށް ފޭރިގަނެ އިސްރާއީލުން އެމީހުންގެ އަމިއްލަ ދައުލަތެއް ގާއިމުކުރިތާ 71 އަހަރު ފުރުމާދިމާކޮށް، މާދަމާ ނަކްބާ ދުވަސް ފާހަގަކުރާއިރު، ރިޕޯޓުތައް ބުނާގޮތުން މިއީ ފަލަސްތީނުގެ ރައްޔިތުން މިގޮތުން ފާހަގަކުރާ އެންމެ ބޮޑު ނަކްބާ ދުވަހެވެ.

މާދަމާގެ ބޮޑު މުޒާހަރާއަށް ފަލަސްތީނުގެ ސަރުކާރުގެ އިދާރާތަށް ވެސް ވަނީ ތައްޔާރީ ހާލަތަށް ގެނެސްފައިވާއިރު، މުޒާހަރާގައި ފަލަސްތީނުގެ ރައްޔިތުނާއި ދެކޮޅަށް އިސްރާއީލުން ބާރުގެ ބޭނުން ކުރާނެ ކަމަށް ބެލެވޭއިރު، ކުރިން މޮގޮތަށް ކޮށްފައިވާ މުޒާހަރާތަކުގައި ތަށް ބަޔަކު ޝަހީދުވެފައެވެ.

ދާދި ފަހަކުން ވަނީ، އިސްރާއީލަށް ރޮކެޓް ހަމަލާތަށް ދިން ކަމަށް ބުނެ އައްޒާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 27 ރައްޔިތުން ޝަހީދު ކޮށްލާފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް