މިއަހަރު އަރުދަފުސް ރޯގާ ޖެހޭ މިންވަރު މަދު

ވޭތުވެ ދިޔަ އަހަރު ތަކުގެ މިދުވަސްވަރާ އަޅާ ބަލާއިރު މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު މަދު ކަމަށް އެޗް.ޕީ.އޭ އިން މިއަދު ހާމަކުރި ތަފާތުހިސާބުތަކުން ދައްކާފިއެވެ.

އެޗް.ޕީ.އޭ އިން މިއަދު ހާމަކުރި ތަފާތުހިސާބުތަކުން ދައްކާގޮތުގައި، މިއަހަރު މިހާތަނަށް 60793 މީހުން ވަނީ، އަރުދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކޮށްފައެވެ. އެގޮތުން މާޗް މަހު ޖުމްލަ 20،148 މީހުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފަވާއިރު އޭޕްރީލް މަހު މި އަދަދު ވަނީ 19،825 އަށް ދަށް ވެފައި ވެއެވެ.

އިންފުލްއެންޒާ ޖެހިގެން ރިޕޯޓު ކޮށްފައިވާ މިންވަރަށް ބަލާއިރު، މިއަހަރު މިހާތަނަށް އިންފްލުއެންޒާއަށް 358 މީހުން ޓެސްޓްކުރެވިފައިވާއިރު، އިންފްލުއެންޒާ އަށް މިހާތަނަށް ޕޮސިޓިވް ވީ މީހުންގެ އަދަދަކީ 26 އެވެ.

އެގޮތުން މާރިޗު މަހުގައި 75 މީހުން އުންފްލުއެންޒާއަށް ޓެސްޓް ކުރެވުނު އިރު، 6 މީހަކު ވަނީ އިންފްލުއެނޒާއަށް ޕޮސިޓިވް ވެފައެވެ. އަދި އޭޕްރީލް މަހުގައި، 109 މީހުން އިންފްލުއެންޒާއަށް ޓެސްޓް ކުރެވުނުއިރު، 7 މީހަކު ވަނީ ޕޮސިޓިވް ވެފައެވެ.

މިދިޔަ އަހަރުގެ މިދުވަސްވަރާއި އަޅާބަލާއިރު، މިއަހަރު އަރިދަފުސް ރޯގައި ޖެހޭ މިންވަރު މަދުވެފައިވީނަމަވެސް، އަރިދަފުސް ރޯގައިގެ އެކި ވައްތަރުތައް، ޙާއްސަކޮށް އިންފްލުއެންޒާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ގިނަކަމަށް ވާތީވެ، އަރިދުފުސް ރޯގާއިން ރައްކާތެރިވުމަށް އެޗް.ޕީ.އޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ