ސައުދީގެ ތެޔޮ ނަގާ ސްޓޭޝަންތަކަކަށް ޑްރޯން ހަމަލާތަކެއް

ސައުދީ އަރަބިއްޔާގައި ތެޔޮ ނެގުމަށް ބޭނުން ކުރާ ދެ ޕަމްޕް ސްޓޭޝަނަކަށް ޑްރޯނަކުން ހަމަލާތަކެއް ދީފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ސައުދީ އަރަބިއްޔާގެ މިޕަމްޕް ސްޓޭޝަންތަކަށް ހަމަލާދީފައިވަނީ ޔަމަންގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިންނެވެ. އަދި މިހަމަލާ ދަޢުލަތުގެ މީޑީއާއިންވަނީ ކަށަވަރުވެސް ކޮށްދީފައެވެ.

މިހަމަލާއާއެކު މިއަދު ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގުތައް އުފުލެން ފަށާފައިވާކަމަށްވެސް މަޢުލޫމާތުލިބޭއިރު ސައުދީ އަރަބިއްޔާގެ ތެޔޮ ކުންފުނި އަރަމްކޯ އިން ވަނީ މިހަމަލާ އާއި ގުޅިގެން ތެޔޮ އުފެއްދުމުގެ މަސައްކަތައް އެއްވެސް ބަދަލެއް ނާންނަކަން ކަށަވަރު ކޮށްދީފައެވެ.

ޑްރޯންގެ މިހަމަލާގެ ސަބަބުން ޕަމްޕް ސްޓޭޝަންތަކަށް ލިބުނީ ކުދިކުދި ގެއްލުންތަކެއް ކަމަށް އެކުންފުނިން ބުނެއެވެ.

މީގެ ދެދުވަސްކުރިން ޔޫއޭއީ ކައިރިން ސައުދީގެ ދެ ތެޔޮ ޓޭންކަރަކަށްވެސް ހަމަލާތަކެއް ދީފައިވެއެވެ.

މެދުއިރުމަތީގެ ހާލަތު ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އީރާނާއި އެމެރިކާއާއި ދެމެދު އެތަށް ދުވަހަކަށް ދިގުދެމިގެންދިޔަ ބަހުގެ ހަމަލާތަކަށްފަހު މިހާރުވަނީ އެމެރިކާއިން ޢަމަލީ ފިޔަވަޅުވެސް އަޅާފައެވެ. އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރުތައް ދަނީ އީރާނުގެ ކައިރިއަށް ފޮނުވަމުންނެވެ.

އެމެރިކާއިން ދުނީޔެގެ އެކިކަންކޮޅުތަކަށް އަތްގަދަކުރުމުގެ މަސައްކަތް ފަށާފައިވާ މިދަނޑިވަޅުގައި ޗައިނާ އާއި ދެމެދު މިހާރު ކުރެވެމުންދާ "ވިޔަފާރީގެ ހަނގުރާމަ" ވެސް އިތުރަށް ހޫނުވަމުންދާ ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ.

ތަޖުރިބާކާރުން ބުނާގޮތުން ކުރިއަށްއޮތް ދުވަސްތަކުގައި ބައިނަލްއަޤްވާމީ ބާޒާރުގައި ތެޔޮލުގެ އަގު އުފުލިގެން ދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ