ޓްވީޓްތައް އެޑިޓްކުރެވޭ ގޮތް ހަދަނީ

ދުނިޔޭގައި މަޝްހޫރު މީސްމީޑިއާ ޕްލެޓްފޯމް "ޓްވިޓަރ" އަކީ ދިވެހިންގެ ތެރޭގައިވެސް މަޤްބޫލު މީސްމީޑިއާ ޕްލެޓްފޯމެކެވެ. ވަކިން ހާއްޞަކޮށް ރަސްމީ ބޭނުންތަކުގައި ސަރުކާރުގެ ވުޒާރާތަކާއި، މަޝްހޫރު ބްރޭންޑްތަކުގެ އިތުރުން ވަރުގަދަ ސަހްސިއްޔަތުތައް ޓްވިޓަރގައި ހަރަކާތްތެރިއެވެ.

މަޝްހޫރުކަމުގެ ގޮތުން ޓްވިޓަރ ކިތަންމެ ކުރީގައި އޮތަސް، ޓްވިޓަރގެ ފަންގްޝަންތައް މަދުވުމަކީ ޓްވިޓަރ ބޭނުންކުރާ ފަރާތްތަކުގެ ޝަކުވާއެކެވެ. ވަކިން ހާއްސަކޮށް، ކުރާ ޓްވީޓް އެޑިޓް ނުކުރެވުމަކީ ގިނަ ބައެއްގެ ޝަކުވާއަކަށް ވެފައި އޮންނަތާ ދުވަސްތަކެއް ވެއްޖެއެވެ.

ޝަކުވާތަކާއެކުވެސް ދެގޮތެއްނުވެ ޓްވިޓަރ ބޭނުންކުރަމުން އަންނަ އެތައް މިލިއަން މީހުނަށް ޓްވިޓަރ އިން މިވަނީ އުފާވެރި ޚަބަރެއް ދީފައެވެ.  ޓްވިޓާގައި އެޑިޓް ފީޗާ ހިމަނާ ވާހަކަ 2016 ވަނަ އަހަރުން ފެށިގެން ދައްކަމުން ދަނިކޮށް، ޓްވިޓާގެ ބާނީ ޖެކް ޑޯޒީ ވިދާޅުވެފައިވަނީ، އެޑިޓް ކުރެވޭ ފީޗާ މާ ލަސްތަކެއް ނުވެ ޓްވިޓާ އަށް އަންނާނެ ކަމަށެވެ.

"އެޑިޓް ކުރެވާ ފީޗާ ހިމެނިޔަސް، ދޫކޮށްލާ ޓްވީޓްތައް އެޑިޓް ކުރާކަށް މާ ގިނަ ވަގުތެއް ނުލިބޭނެ. ގިނަވެގެން ތިރީސް ވަރަކަށް ސިކުންތު އެކަމަށް ލިބޭނީ، ހަމަމިއާ އެކު އަސްލު ޓްވީޓް ވެސް އިންނާނެ ފެންނަ ގޮތަށް." ޖެކް ވިދާޅުވިއެވެ.

ޓްވިޓަރއިން ވިދާޅުވެފައިވަނީ، ޓްވީޓްތައް އެޑިޓް ނުކުރެވޭ ގޮތަށް މިހާރު ހުންނަނީ ޓްވިޓާއަކީ އެސްއެމްސްއާ ދާދި އެއްކަހަލަ ގޮތަކަށް ބައްޓަންކޮށްފައިވާ އެއްޗަކަށްވާތީ ކަމަށާއި، ޓްވީޓްތައް އެޑިޓް ކުރުމުގެ ފުރުސަތު ފަހިވިޔަސް، އެކަން އޮންނާނީ ކުރިން ވެސް ލަފުޒުތައް ލިމިޓްކޮށްފައި އޮންނަ އަދަދުގެ ތެރެއަށް ހެޔޮވަރު ކުރެވޭ ގޮތަށް ކަމަށެވެ.

2008 ވަނަ އަހަރު ވުޖޫދަށް އައި ޓްވިޓަރ މިހާރު 335 މިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރަމުންދާއިރު، އެޑިޓް ކުރެވޭ ފީޗާ ހިމެނުން ވެގެންދާނީ ގިނަ ބަޔަކަށް ލިބޭ ވަރަށް ބޮޑު ލުއި ފަސޭހައަކަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ