ފެށުން ބަދިގެތެރޭން މިފަހަރު މިގެނެސްދެނީ ޗޮކޮލެޓް ކަސްޓަރޑް ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާ ތަކެތި:
- 2 ޖޯޑު ކަސްޓަރޑް
- 2 ދަޅު ގެރިކިރު
- 8 ޖޯޑުފެން
- ޗޮކޮލެޓް ( ކުލަ ހިފާވަރަށް ޕްލޭން ޗޮކޮލެޓް)
ތައްޔާރުކުރާނެ ގޮތް:
ފެނުގައި ކަސްޓަރޑް ކޮޅު ގިރާލާފައި އުނދުންމައްޗަށް އުދާލާށެވެ.މަޑުގިނީގައި ދޭފަތުން ހަލަމުން ކައްކާށެވެ. ރޯނުފިލަނީސް ހިކޭގޮތްވާނަމަ ފެން ފޮދެއް އެއްކޮށްލާށެވެ. ބޮކިޖަހާ ކެކެންފެށީމާ ޗޮކޮލެޓްކޮޅާއި ކިރު އެއްކޮށްފައި ކެކިއޮލަވީމާ އުދުންމަތިން ބާލާށެވެ.
މިހާރު މިވަނީ ޗޮކޮލެޓް ކަސްޓަރޑް ތައްޔާރުކޮށް ނިމިފައެވެ.