އޮޅުވެލި ރިސޯޓުގައި އަނެއްކާވެސް ހަމަނުޖެހުން ހިނގައިފި

ކ. އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓުގައި ދުވަހު މުސާރައަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާ މަސައްކަތްތެރިން ހަމަނުޖެހުން ހިންގައި ކޮންސްޓްރަކްޝަން ސައިޓަކަށް ގެއްލުންދީފިއެވެ.

އިއްޔެ ހިނގި މިހާދިސާ އާއި ގުޅިގެން ފުލުހުންވަނީ އެރިސޯޓަށް ގޮސްފައެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ، އިއްޔެ 12:55 ހާއިރު މިމައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވާކަމަށާއި މިކަމާއި ގުޅިގެން ފުލުހުން އެރިސޯޓަށް ގޮސްފައިވާ ކަމަށެވެ. އަދި މިކަމުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާކަމަށެވެ.

އޮޅުވެލި ރިސޯޓުގައި ދުވަހު މުސާރައަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާ ފަރާތްތަކުން މުޒާހަރާ ކުރަމުންދަނީ އެފަރާތްތަކަށް ދޭންޖެހޭ މުސާރަ ނުދޭކަމަށް ބުނެއެވެ. މިގޮތުން ފާއިތުވެދިޔަ ތިންމަހުގެ މުސާރަ ނުދޭކަމަށް ވެއެވެ.

އެ ރިސޯޓުގައި މީގެ ކުރިންވެސް ވަނީ ބިދޭސީ މަސައްކަތްތެރިން މިކަމާއި ގުޅިގެން މުޒާހަރާ ކޮށްފައެވެ. އެފަހަރު މުޒާހަރާ ހުއްޓާލައިފައިވަނީ ދެ ދުވަސް ތެރޭ މުސާރަ ދޭނެ ކަމަށް އެއްބަސްވުމުންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް