ފަސޭހަ ރިޗާޖްގެ "ރޯދަ ބޮޑު ޕުރަމޯޝަން"

ޒަމާން ބަދަލުވެ ޓެކުނޮލަޖީގެ ކުރިއެރުން ތަކާއި އެކު ދުނިޔެ މިއަދު ވެގެން ގޮސްފައިމިވަނީ ދާދި ކުޑަކުޑަ ތަނަކަށެވެ. އިއްޔެގައި، ބޭނުންކުރާ ފޯނުން ރުފިޔާ ހުސްވެގެން ކަންމަތީ ފިހާރަ ހުޅުވަންދެން ފޯނަށް ރުފިޔާ އެޅުމަށް ކުރަންޖެހުނު އިންތިޒާރު މިއަދު ކުރާކަށް ނުޖެހެއެވެ. ކޮންމެ ކަމަކަށްވެސް މިއަދު މިވަނީ އެޕުލިކޭޝަނެއް ހަދާފައެވެ.

މިގޮތުން ފަސޭހަ ރިޗާޖު އެޕުލިކޭޝަނަކީ ފޯނު ބިލުތައް ދައްކާލައި ރިލޯޑް، ރާސްޓަސްގެ ހިދުމަތް ހޯދުމުގެ އިތުރުން ދިރާގު އަދި އުރީދޫއިންދޭ އެތަކެއް ހިދުމަތްތަކެއް އެއްތާކުން ހޯދާލެވޭ މަގުބޫލު އެޕުލިކޭޝަނެކެވެ. މިތާގައި ފާހަގަކޮށްލަން މިއުޅެނީ ފަސޭހަ ރިޗާޖް އެޕްލިކޭޝަނުން ކުރެވޭ ހިދުމަތްތަކުގެ ވާހަކައެއް ނޫނެވެ. ނަމަވެސް މި ރަމަޟާން މަހާއި ދިމާކޮށް ފަސޭހަ ރިޗާޖުން ކުރިއަށްގެންދާ "ރޯދަ ބޮޑު ޕުރަމޯޝަން" ގެ ވާހަކައެވެ.

ފަސޭހަ ރިޗާޖްގެ އޮފިޝަލަކު ފެށުމަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، "މި ރަމަޟާން މަހާއި ދިމާކޮށް އަޅުގަނޑުމެން ދެޕަރޮމޯޝަނެއް ކުރިއަށް އެބަގެންދަން، ފުރަތަމަ ޕުރަމޯޝަނަކީ މުޅި ރަމަޟާން މަހަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޕުރަމޯޝަނެއް އަދި ދެވަނަ ޕުރަމޯޝަނަކީ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައި ކުރިއަށް ގެންދާ ޕުރަމޯޝަނެއް" ކަމަށެވެ.

ރޯދަ ބޮޑު ޕުރަމޯޝަންގެ ނަމުގައި މުޅި ރަމަޟާން މަހަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޕުރަމޯޝަނުގައި، 100 ރުފިޔާ އަށްވުރެ މަތިން ފަސޭހަ ރިޗާޖް އިން ހިދުމަތް ހޯދާ ކޮންމެ ކަސްޓަމަރެއްގެ ނަން ހިމެނޭ ގޮތުން ނެގޭ ގުރައަތުން ހޮވޭ ކޮންމެސް އެއްފަރާތަކަށް ވަންޕުލަސް އިން މިއަހަރު ނެރުމަށް ހަމަޖެހިފައިވާ ވަން ޕުލަސް 7 ޕްރޯ 128 ޖީބީގެ ފޯނެއް ލިބިގެންދެއެވެ.

ރޯދަ ބޮޑު ޕުރަމޯޝަންގެ ނަމުގައި ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ފަސޭހަ ރިޗާޖް އިން ކުރިއަށްގެންދާ ފުރަމޯޝަންގައި، އެދުވަހަކު ފަސޭހަ ރިޗާޖްގެ ހިދުމަތް ބޭނުން ކުރައްވާ ފަރާތް ތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ދެފަރާތަކަށް 50 ރުފިޔާގެ ކުރެޑިޓް ދިނުމަށް ހަމަޖެހިފައި ވެއެވެ.

ފަސޭހަ ރިޗާޖަކީ އޮންލައިން ރާސްޓަސް، ރިލޯޑް، އަދި ދިރާގް، އުރީދޫއިން ފޯރުކޮށްދޭ ގިނަ ހިދުމަތްތަކެއް އެންމެ އިތުބާރާއެކީ ފޯރުކޮށްދޭ އެއް އެޕުލިކޭޝަނެވެ. މި އެޕުލިކޭޝަންގެ ހިދުމަތްތައް އިތުރަށް ފަސޭހަ ކޮށްދިނުމަށްޓަކައި މިހާރުވަނީ ސާވިސް ސެންޓަރެއް ހުޅުމާލޭގައި ހުޅުވާފައެވެ.

ފަސޭހަ ރިޗާޖްގެ ސާވިސް ސެންޓަރު ހުންނަނީ ހުޅުމާލޭ ޗަނބޭލީ މަގު ރެހެންދި ސްކޫލް ކައިރިން ޓާފް ދަނޑު ފަހަތުގަ އެވެ. 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. އެނޮން

    ފަސޭހަ ރިޗާޖަށް ފައިދާ ލިބެނީ ކިހިނެތްބާ؟

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ