މިދިޔަ ކުއާޓަރުގައި ޗައިނާގެ މަޝްހޫރު އޮންލައިން ވިޔަފާރިކުރާ އަލީބާބާ ކުންފުންޏަށް ލިބުނު އާމްދަނީ 93.5 ބިލިއަން ޔުއާން އަށް އަރައިފިއެވެ.
އަލީބާބާ ކުންފުނިން ޢާއްމުކޮށްފައިވާ އެކުންފުނީގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުގައިވާގޮތުން، މިއަހަރުގެ ފުރަތަމަ 3 މަހު އެކުންފުންޏަށް ވަނީ 93.5 ބިލިއަން ޔުއާން ނުވަތަ 13.6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 51 އިންސައްތައިގެ ކުރިއެރުމެކެވެ.
ޗައިނާއާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ ހަނގުރާމައެއް ކުރިއަށްދިޔަނަމަވެސް އޭގެ އަސަރު އަލީބާބާ ކުންފުންޏަށް ނުކުރާކަން އެކުންފުނީގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތަކުން ހާމަވެއެވެ.
ޗައިނާއާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ވިޔަފާރީގެ ހަނގުރާމައާއި ގުޅިގެން ތަޖުރިބާ ކާރުން އަލީބާބާއަށް ލިބޭނެކަމަށް އަންދާޒާ ކޮށްފައިވަނީ 91.7 ބިލިއަން ޔުއާންގެ އާމްދަނީއެއް ލިބޭނެކަމަށެވެ.




