ކިހިނަކުން ފަށާނީ ކޮފީއާ ނުލާ!

ގިނަ ދިވެހިންގެ ހިތުގެ ވިންދާ ގުޅިފައިވާ އެއްޗެއްކަމުގައި ކޮފީ މިވަނީ ވެފައެވެ. ހެނދުނު ހޭލައިގެން ކޮފީ އެއް ނުބޮވޭނަމަ ގައިން އެއްބައި މަދުހެންވެސް ހީވަނީއެވެ. މުޅިދުވަސް ހަރާބުވުމުގެ ކުރިން ކޮފީއަކުން ދުވަސް ފަށާލުން ކިހިނެއް ވާނެ ހެއްޔެވެ؟

ކޮފީ ބޮނީ ހަމައެކަނި ހިތްހަމަ ޖައްސާލުމަކަށް ވެސް ނޫނެވެ. ލިބޭ ފައިދާތައް ވެސް ގިނަ ވީމައެވެ. ދިރާސާތަކުން ދައްކާގޮތުގައި ގިނައިން ކޮފީ ބުއިމަކީ އުމުރު ދިގުވާ ކަމެކެވެ. އަދި މީހާ ހޭލުންތެރި ކުރުވާ ކަމެކެވެ.

އޮފީސް ތަކުގައި އުޅޭ ގިނަ މީހުން ސައިން އައުޓް ކޮއްލުމަށްފަހު ފުރަތަމަ މިސްރާބަކަށް ވަނީ ކޮފީ މޭޒުތަކެވެ. ގަޑި ދެ ގަޑިއިރު ވެގެންދާއިރު ގިނަ ފަހަރަށް ވަގުތު ދާގޮތެއް ނޭނގެވެ. ކޮފީ ބޯލަން އަރާ މަޖާ އަނގަތަޅާލުން މިވަނީ ލިބޭ ހިތްހަމަ ޖެހުމަކަށް ވެފައެވެ.

ކަމަކާ ފިކުރުބޮޑުވެ ސިކުނޑި ސުމަކަށް ދާ ހިސާބުންވެސް، އެންމެ ފުރަތަމަ ކަމަކަށް ކޮފީ މަތިން ހަނދާންވާ މީހުން މަދެއް ނުވާނެކަން ޔަގީނެވެ. ކޮފީ މީ ނުބޮއެ ދޫކޮއްލެވޭ ވަރު އެއްޗެއް ނޫނެވެ. ދިވެހިންގެ ހިތްތަކަށް ހުރި ފަރުވާއެކެވެ.

މިލިޔުން ކިޔާލުމުން
331
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ