މާލޭ މަގުމަތީގައި ސިނގިރެޓް ބުއިން މަނާކުރަނީ

މާލޭގެ މަގުތަކުގައި ސިނގިރެޓްބުއިން މަނާކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި މުހިންމު ނިންމުން ނިންމާފައިވަނީ މިރޭ މާލޭ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ، އެ އުސޫލަށް އަމަލުކުރަން ފަށާނީ ހަ މަސް ފަހުން ކަމަށެވެ.

"އެކަމާ ގުޅޭ ގަވައިދެއް ހަދައި، އެ ގަވައިދަށް އަމަލުކުރަން ފަށާނީ ހަ މަސް ފަހުން. މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވާނީ އޭގެ ފަހުން،" އެ މައްސަލަ ސިޓީ ކައުންސިލްގެ މިރޭގެ ބައްދަލުވުމަށް ހުށަހެޅުއްވި ކައުންސިލަރު ހުސައިން ޝަރީފު ވިދާޅުވި އެވެ.

މާލޭގެ މަގުތަކުގައި ސިނގިރެޓް ބުއިން މަނާކުރާ ގަވައިދު ތައްޔާރުކުރާއިރު، ސަރުކާރުގެ ކަމާ ގުޅޭ މުއައްސަސާތަކާ ބައްދަލުކޮށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާނެކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

މި މުހިންމު ނިންމުން ސިޓީ ކައުންސިލުން ނިންމާފައިވަނީ، މޭޔަރ ސިފާ މުޙައްމަދު އަދި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފްގެވެސް ޣައިރު ހާޒިރުގައެވެ. ދިމާވި ކަމަކާ ގުޅިގެން މާލޭގެ މޭޔަރު ޝިފާ މުހައްމަދަށް މިރޭގެ ބައްދަލުވުމަށް ވަޑައިގެންނެވޭ ގޮތް ވެފައި ނުވާއިރު ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް މިވަގުތު މާލޭގައި ވަޑައިގެން ނޫޅުއްވައެވެ.

މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ފާސްކުރުމަށް ހުސައިން ޝަރީފު ހުށަހެޅުއްވިއިރު އެކަމަށް ތާއީދު ކުރެއްވީ ކައުންސިލަރު އަހުމަދު ޒަމީރެވެ. އަދި މި ތާރީޚީ ނިންމުން ފާސްކުރީ މިރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަތް މެމްބަރުންގެވެސް އިއްތިފާގުންނެވެ. މި ބައްދަލުވުމުގެރިޔާސަތު ބެލެހެއްޓެވީ ކައުންސިލް މެމްބަރު މުއްމަދު ރަޝީދު (ބޯދިގު) އެވެ.

މިހާރު ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފައި ވަނީ ސަރުކާރުގެ އިދާރާތައް ފަދަ ތަންތަނުގެ ކައިރީގަ އެވެ. އަދި ކެފޭ/ރެސްޓޯރަންޓުތަކުގެ ތެރެއިން ސިނގިރޭޓު ބޮވޭނީ ސަރުކާރުން ހުއްދަ ދީފައިވާ ތަންތަނުގައި އެކަންޏެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަނުގައި އެފަދަ އަމަލުތައް ކުރާ މީހުންގެ އަދަދު ގިނަ ނަމަވެސް، ފިޔަވަޅު އެޅޭ މިންވަރު މަދެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Joseph

    ކަންތައްތައް މަނާކުރުމައްވުރެ މަނާކުރެވިފަހުރި ކަންތައް ތަންފީޒް ކުރުން ރަނގަޅުވާނެ ތިޔައީ އަމާކީތީފަރައް ދިއުން

  2. Faathimaa

    Hurihaa rashegaves thigavaa idhu neren jeheyne

  3. hussain

    salhi kameh

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ