ހަރާމް ފައިސާ ކާމީހުން ބަނޑަށް އެއަޅަނީ އަލިފާން ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ. ޝައިހް ޒައިދު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއް ގައެވެ.
"ހަރާމް ފައިސާ ކާމީހުން ބަނޑަށް އެއަޅަނީ އަލިފާން، މަކަރާއި އޮޅުވާލުމުގެ މައްޗަށް ބިނާކޮށް ހޯދާ ފައިސާ ތިމާގެ އަރުން އެތެރެ ކުރާއިރު ހަމަ އެކައްޗެއްވެސަ ހިތައް ނާންނަ މީހުން އުޅޭ" ޝެއިހް ޒައިދުގެ ޓުވީޓުގައި ބުނެފައި ވެއެވެ.
Haram faisaa kaa meehun bandah e alhanee alifaaneve! Makaraa olhuvaalumuge mahchah binaa koh, hoadhaa faisaa thimaage arun etherekuraairu hama ekahcheh ves hithah naanna meehun ulhe eve. subuhaanallahi. Hidhaayai dhahkavaashi! Ameen.
— Ali Zaid (@alizaid1000) May 16, 2019
ޝެއިހް ޒައިދު މިމޭރުމުން ޓުވީޓު ކޮށްފައި މިވަނީ ކުރީގެ ރައީސް ނަޝީދުވެސް، ކޯޓު ތަކުން އަމިއްލަ ފަރާތްތަކަށް އާދަޔާ ހިލާފަށް ގިނަ ފައިސާ ދިނުމަށް މިފަހުން ހުކުމް ކޮށްފައިވާކަމަށް ބުނެފައި ވަނިކޮށެވެ. އަދި މިފައިސާތައް ދޫކުރުމުގެ ކުރިން އެއީ ދޭންޖެހޭ ފައިސާތޯ ކަށަވަރު ކުރަން ޖެހޭކަމަށް ބުނެފައި ވަނިކޮށެވެ.
ޝެއިހް ޒައިދު ފާހަގަ ކޮށްލެވެނީ އެއިރެއްގައި ގައުމުގައި ހިނގާ ކަންކަމާއި ގުޅޭގޮތުން ދީނީ ނަޒަރަކުން ބަސް ވިދާޅުވާ ހަރަކާތްތެރި ޝެއިހެއްގެ ގޮތުގައެވެ. މިގޮތުން ރައީސް ޔާމިނުގެ ވެރިކަމުގަ އާއި އަދި މިވެރި ކަމުގައިވެސް ހިނގާފައިވާ ބައެއް ކަންކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.