ޙައްޖު ކޯޓާ މައްސަލަ މަޝްވަރާއިން ހައްނުވެ ޝަރީއަތަށް

މިއަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިން ކުންފުނިތައް ކަނޑައެޅުމުގައި އޮޅުވާލުންތަކެއް ވާކަމަށްބުނެ، ހައްޖަށް ގެންދިއުމުގެ ހުއްދަ ނުލިބުނު ތަޖުރިބާކާރު ކުންފުނިި ސިސިލްފަރު ހައްޖު އެންޑް އުމުރާ ގުރޫޕުން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަަލަ ޑިސްޕިއުޓް މަރުހަލާގައި މަޝްވަރާ ކޮށްގެން ހައްލު ނުވުމުން އެ މައްސަލަ ޝަރީއަތް ގެންދަން ނިންމައިފިއެވެ.

ސިސިލްފަރުން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލައިގައި، އެދިފައިވަނީ ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމަށް ކުންފުނިތައް ހޮވުމަށް ކުރިއަށް ގެންދިޔަ އިވެލުއޭޝަން ޕްރޮސެސް ސައްހަ ނޫން ކަމަށް ކަނޑައަޅައިދިނުމަށެވެ.

ސިސިލްފަރުގެ ގާނޫނީ ވަކީލް ނާޒިމް ސައްތާރު ވަނީ މި މައްސަލަ ޑިސްޕިއުޓް މަރުހަލާގައި ހައްލު ނުވުމުން ޝަރީއަތައް ފޮނުވަން ނިންމާފައިވާކަން ކަށަވަރު ކޮށްދީފައެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމަށް ކުންފުނިތައް ހޮވި އިރު، ސިސިލްފަރު ގްރޫޕަކީ 35 އަހަރު ވަންދެން މީހުން ހައްޖަށް ގެންދިޔަ ކުންފުންޏެއް ކަމުގައި ވިޔަސް، ތަޖުރިބާ އަށް އެ ކުންފުންޏަށް ލިބިފައިވަނީ އެންމެ 0.7 އިންސައްތަ މާކްސްއެވެ.

ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތައް:

1- އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ – 69965ރ 
2- ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް – 72550ރ 
3- މިނާ ޙައްޖު އެންޑް ޢުމްރާ – 69965ރ 
4- ޒަޢީ ގުރޫޕް ޕްރައިވެޓް ލިމިޓެޑް – 70000ރ 
5- އެކްރޯ ޕްރައިވެޓް ލިމިޓެޑް – 59965ރ

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ސިސިލްފަރަށް ނުދިނުމުން މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނިކޮށް އިސްލާމިކް މިނިސްޓްރީން ވަނީ ހައްޖަށް މީހުން ފޮނުވަން ހަމަޖެއްސި ޖަމާޢަތްތަކާއި އެކު އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ