މާލޭގައި ހިނގާ އަތޮޅު ފިހާރަތައް ކުއްޔަށް ދީގެން ކުލީގެ ގޮތުގައި ލިބޭ ފައިދާ ހަތަރު އަހަަރަަށްް ފަހު ފުރަތަމަަ ފަހަަރަށް އެފިހާރަައެއްް ނިސްްބަަތްވާ އަަތޮޅު ކައުންސިލަށް ޖަމާކޮށްްދޭން ފަށައިފިއެވެ.
އެގޮތުން 16 ކައުންސިލަކަށް 12.538 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށް ފިނޭންސުން ބުންޏެވެ. އަދި ފައިސާ ޖަމާނުކޮށްދެވި ވާ ހަތަރު ކައުންސިލަށް ފައިސާ ޖަމާކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ފިނޭންސް އިން ބުންޏެވެ.
ފިނޭންސް މިނިސްޓްރީން އިތުރަށް ބުނީ މި ހަފްތާ ޖަމާކޮށްދޭން ފަށާފައިވަނީ އަތޮޅު ފިހާރަތަކުން 2015 ވަނަ އަހަރު ލިބެންޖެހޭ ފައިސާ ކަމަށެވެ.
މިހާރު 2015 ވަނަ އަހަރުގެ ފައިސާ ކައުންސިލްތަކަށް ދޭން ފަށާފައިވާއިރު އެހެން އަހަރު ތަކުގެ ފައިސާ ދިނުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށް މިނިސްޓްރީން ވިދާޅުވި އެވެ.