ރަމަޟާން ބެޑްމިންޓަން ކަޕްގެ ސެމީފައިނަލްގެ މެޗުތައް މިރޭ

ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށް ބެޑްމިންޓަންކުޅޭ ސޯސަލް މެންބަރުންނާއި ބެޑްމިންޓަން އެސޯސިއޭޝަން އާއި ގުޅިގެން ބާއްވަމުން އަންނަ ރަމަޟާން ބެޑްމިންޓަން ކަޕްގެ ސެމީފައިނަލްގެ މެޗުތައް މިރޭ ކުޅޭނެއެވެ.

ސެމީފައިނަލް މެޗުތަކުގައި ބައްދަލުކުރަނީ، ޓީމް ވައިޓް އާއި ޓީމް ބުލެކް އަދި ޓީމް ޔެލޯ އާއި ޓީމް ރެޑެވެ. ވާދައިގެ ތައްޓާއި، ހަނދާނީ ލިޔުމާއި އަދިވެސް އިތުރު އިނާމުތައް ހުށަހެޅިފައިވާ މިމުބާރާތުގެ ސެމީފައިނަލްގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 22:00 ގައި އެކުވެނި އިންޓަރ ހޯލްގައެވެ.

ޖުމްލަ ހަޓީމް ބައިވެރިވި މިއަހަރުގެ މުބާރާތުގެ ސެމީފައިނަލްގައި ވާދަކުރާ ޓީމް ޔެލޯގެ މެއިން ސުޕޮންސަރަކީ އޮންލައިން ނޫސް ފެށުމެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް