ސައުދީ ކޯލިޝަނުގެ ވައިގެ ހަމަލާތައް ޔަމަނަށް

ސައުދީ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ހިމެނޭ ކޯލިޝަނުން، ޔަމަނުގެ ވެރިރަށް ސަންއާގައި ހޫތީ ހަނގުރާމަވެރިންގެ އަމާޒުތަކަށް ވައިގެ ހަމަލާތަކެއް ދީފިއެވެ.

މިގޮތުން މިކޯލިޝަނުންވަނީ މިއަދު ވައިގެ 11 ހަމަލާއެއް ދީފައެވެ. އަލް ޖަޒީރާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތުން ހަފަރާތެއް ވަނީ މަރުވެފައެވެ. އަދި 52 މީހަކުވަނީ ޒަހަމް ވެފައެވެ.

ސައުދީ ކޯލިޝަނުން ހޫތީންނަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދީފައި މިވަނީ، މިދިޔަ އަންގާރަ ދުވަހު ހޫތީ ހަނގުރާމަވެރިން ސައުދީގެ މައި ދެ ތެޔޮ ހޮޅިއަކަށް ޑްރޯން ހަމަލާ އެއް ދީފައި ވަނިކޮށެވެ.

މި ހަމަލާތަކާއި ގުޅިގެން ސައުދީ ކެބިނެޓުން އިއްޔެވަނީ ޓެރަރިސްޓް ހަމަލާތައް ދޭ ފަރާތްތަކާ ކުރިމަތިލުމަށް ސައުދީ އަސްކަރިއްޔާ އަށް ގޮވާލައިފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް