15 އަހަރުގެ ކުއްޖާ ވިހެއި ދަރިފުޅު ޕޯސްޓްމޯޓަމް ހަދަން ނިންމައިފި

މިމަހުގެ 13 ވަނަ ދުވަހު، 15 އަހަރުގެ ކުއްޖާ ވިހެއި ދަރިފުޅު މަރުވެފައި އޮތުމުން މަރުގެ ހަގީގަތް ދެނެގަތުމަށް ތުއްތު ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމައިފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، ނިޔާވި ތުއްތު ކުއްޖާގެ ޕޯސްޓޯމޯޓަމް ހަދައި، އެ ހާދިސާ ތަހުޤީޤު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.

އެރަށު މީހުންނާއި ހަވާލާދީ މީޑިއާ ތަކުގައި ރިޕޯޓް ކޮށްފައިވަނީ، 15 އަހަރުގެ ކުއްޖާ ހޮސްޕިޓަލަށް ނުގޮސް ގޭގައި ވިހަން އެހީވީ، އަންހެން ކުއްޖާގެ މަންމަ އާއި އޭނާ ގެ ލޯބިވެރިޔާއެވެ. ވިއްސާފައިވަނީ އެގޭގެ ގިފިލީގަ އެވެ.

މި ހާދިސާއަށްފަހު 15 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް ވެގެން ފަރުވާދެމުންދަނީ މާލޭގައެވެ. އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތު ދީފައި ވެއެވެ. މާބަނޑުވި ކުއްޖާ އަކީ ގްރޭޑް 9 ގައި ކިޔަވަމުން އައި ކުއްޖެކެވެ

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް