މިފްކޯއަށް 199 މިލިއަން ރުފިޔާގެ ގެއްލުމެއް!

ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް ބޮޑު ގެއްލުމެއް ލިބިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިފްކޯއަށް މިދިޔަ އަހަރު 199 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބިފައިވެއެވެ. އެ ގެއްލުން ފޫބައްދާފައިވަނީ އެސްޓީއޯގެ ފައިދާއިންނެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި 224 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އެ ބޮޑު ފައިދާގެ ތެރެއިން މިފްކޯއިން ލިބުނު 199 މިލިއަން ރުފިޔާގެ ބޮޑު ގެއްލުން ކެނޑުމުން އެސްޓީއޯ ގްރޫޕަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 30 މިލިއަން ރުފިޔާއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި އެސްޓީއޯ ގްރޫޕްގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފައިވަނީ، މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 58ރ. ބަހާށެވެ. މިދިޔަ އަހަރުގެ އެސްޓީއޯ ގްރޫޕްގެ އާމްދަނީ އަކީ 9.4 ބިލިއަން ރުފިޔާއެވެ.

މިފްކޯއަކީ ކުރިން ވަކިން ހިންގި ކުންފުންޏެއް ނަމަވެސް، ފަހުން މިފްކޯ ވަނީ އެސްޓީއޯގެ ސަބަސިޑަރީ ކުންފުންޏަކަށް ބަދަލުކޮށްފައެވެ. އެސްޓީއޯގެ ދަށަށް މިފްކޯ ގެނައި އިރުވެސް މިފްކޯއޮތީ މާލީގޮތުން ވަރަށް ނާޒުކު ފައްތަރެއްގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ