އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށެއްގައި އައުޓް ޑޯ ޖިމް ޤާއިމްކުރުމަށް ބޭނުންވާ ސާމާނު މިއަދު ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއާއި، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއާއި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހުމަދު މަހުލޫފުގެ އިތުރުން ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން އައުޓް ޑޯ ޖިމްތައް ޤާއިމްކުރާ ރަށްރަށް ނިސްބަތްވާ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއި، ސަރުކާރުގެ ބައެއް އިސް އޮފިޝަލުންގެ އިތުރުން އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

މި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހަމަޖައްސަވައިދެއްވީ އިންޑިއާ ސަރުކާރުން، 2019 ވަނަ އަހަރުގެ މާޗް މަހުއެވެ. ދިވެހިންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމުގެ ރޫހު އިތުރުކޮށް، ހަށިހެޔޮ ދުޅަހެޔޮ ދިރިއުޅުމަަކަށް މަގު ފަހިކުރުމުގެ ގޮތުން 61 ރަށެއްގައި އައުޓް ޑޯ ޖިމް ޤާއިމްކުރުމަށް ޔޫތު މިނިސްޓްރީއަށް 8 މިލިއަން ރުފިޔާގެ އެހީ އިންޑިއާ އިން ވަނީ ހަމަޖައްސަވައިދެއްވާފައެވެ.
The handover ceremony for outdoor gyms to 61 islands was held today.
The project, carried out with grant of MVR 8 million from ?? will contribute to the Gov’s pledge to ensure healthy lifestyles by broadening the scope and access fo fitness equipment.? https://t.co/NFk5l808zo pic.twitter.com/rtUCMFrOHn
— Ministry of Foreign Affairs ?? (@MoFAmv) July 13, 2020
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގިފަހިކުރުމަށް ސަރުކާރުން ވީ ވައުދުގެ ތެރެއިން ހިންގޭ ޕްރޮޖެކްޓެއްކަމަށެވެ. އަދި މިއީ ރަށްރަށުގައި އިޖްތިމާޢީ ގުޅުން ވަރުގަދަކޮށް ދޭދޭ ގުޅުންތައް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.




