ދުނިޔޭގެ އެންމެ ވަރުގަދަ 50 ޓެލެކޮމް ކުންފުނީގެ ލިސްޓުގައި އުރީދޫ

ދުނިޔޭގެ އެންމެ ވަރުގަދަ 50 ޓެލެކޮމް ކުންފުނީގެ ލިސްޓުގައި އުރީދޫ އަނެއްކާވެސް ހިމެނިއްޖެއެވެ.

ބްރޭންޑް ފައިނޭންސްގެ ޓެލެކޮމް 300ގައި މި އަހަރު އުރީދޫ ގްރޫޕަށް ލިބިފައި ވަނީ 41 ވަނަ އެވެ. މިދިޔަ އަހަރު އެ ގްރޫޕަށް ލިބިފައި ވަނީ ލިސްޓުގެ 43 ވަނަ އެވެ.

އުރީދޫ ގްރޫޕަށް ލިބުނު ކާމިޔާބީއާ ބެހޭ ގޮތުން އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޝެއިހް ސައުދު ބިން ނާސިރު އަލް ތާނީ ވިދާޅުވީ އުރީދޫ ގުރޫޕު އަނެއްކާވެސް ދުނިޔޭގެ އެންމެ ވަރުގަދަ 50 ޓެލެކޮމް ކުންފުނީގެ ލިސްޓުގައި ހިމެނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި، މި ކާމިޔާބީ ލިބިފައިވަނީ އެ ކުންފުނީގައި އޮތް ވަރުގަދަ ޓީމުގެ މަސައްކަތުން ކަމަށެވެ.

ގަތަރަށް ނިސްބަތްވާ އުރީދޫ ގްރޫޕުގެ ކުންފުނިތައް މިހާރު މެދު އިރުމަތީގައި އާއި އުތުރު އެފްރިކާ އަދި އިރު ދެކުނު އޭޝިއާގެ ގައުމުތަކުގައި ހުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ