ސްރީ ލަންކާގެ ރައީސްކަމަށް ގޮތަބަޔާ ވާދަކުރައްވަނީ

ސްރީ ލަންކާގައި މިއަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ކޮއްކޯފުޅު ގޮތަބަޔާ ރާޖަޕަކްސާ ހާމަކުރައްވައިފިއެވެ.

ގޮތަބަޔާ އަލްޖަޒީރާ އަށް ދިން ބަސްތީގަތުމެއްގައި ވިދާޅުވީ، "ވަރަށް ކުރިންސުރެ އަޅުގަނޑުވާނީ ރައީސްކަމަށް ވާދަކުރައްވަން ނިންމަވައިފައި، މިހެންވެ އަޅުގަނޑު އެމެރިކާގެ ރައްވެހިކަން ދޫކޮށްލައްވަން ހުށަހެޅުއްވީ" އަދި އިތުރަށް ވިދާޅުވީ، އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ ސްރީ ލަންކާގެ ޗާޗު ތަކަށާއި ހޮޓާތަކަށް ދިން ބޮމުގެ ހަމަލާތަކުގެ ފައިދާ ނަންގަވަން ނޫން ކަމަށެވެ.

ގޮތަބަޔާ އަކީ އެމެރިކާ އަދި ސްރީ ލަންކާގެ ރަށްވެހިކަން އޮންނަ ފަރާތެކެވެ. ނަމަވެސް ސްރީ ލަންކާގެ ރައީސްކަމަށް ވާދަކުރައްވާނަމަ އެމެރިކާގެ ރަށްވެހިކަން ދޫކޮށްލަން ޖެހެއެވެ.

ބޭބޭފުޅު ރާޖަޕަކްސާގެ ވެރިކަމުގައި ޑިފެންސް މިނިސްޓްރީ ހިންގެވި އިރު ގޮތަބަޔާގެ މައްޗަށް އެތަކެއް ޖަރީމާއެއްގެ ތުހުމަތު ކޮށްފައި ވެއެވެ.

ގޮތަބަޔާގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކަންކަމުގެ ތެރޭގައި ސަރުކާރުގެ ހަތިޔާރުތަކެއް އަމިއްލަ ކުންފުންޏަކަށް ޓްރާންސްފާ ކުރި މައްސަލައެއް ހިމެނެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ