ޔޫކްރެއިން މީހާ މަރުވި އެކްސިޑެންޓްގައި ބަސް ދުއްވި މީހާ ދޫކޮށްލައިފި

މިމަހުގެ ހަވަނަ ދުވަހު ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޔޫކުރައިންގެ އަންހެނަކު މަރުވުމުން ހައްޔަރުކުރި ބަސް ދުއްވަން ހުރި މީހާ ޝަރުތުތަކަކާއެކު ކޯޓުން ދޫކޮށްލައިފި އެވެ.

މިމީހާ ދޫކޮށްލައިފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު މީނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި އެކްސިޑެންޓްގައި މަރުވި 31 އަހަރުގެ އަންހެން މީހާ މަރުވެފައިވަނީ ހެނދުނު ކަސްރަތަށް ދުވަން ނިކުމެ އުޅެނިކޮށް، ނިދި ޖެހިފައި އިން ޑްރައިވަރު ދުއްވި ބަސް ކޮންޓްރޯލުން ނައްޓާލައި އަންހެން މީހާ ގައިގައި ޖެހުމުންނެވެ.

ބަސް ދުއްވަން އިން ޑްރައިވަރަކީ ލައިސެންސް އޮތް މީހެކެވެ. އޭނާ އަކީ އެމްޕީއެލްގައި މަސައްކަތްކުރާތާ ދެ އަހަރުވެފައިވާ މީހެއް ކަމަށް ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ