ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް އުރީދޫން ރާއްޖޭގައި ބާއްވަމުން އަންނަ މަސް ރޭހުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ބައިވެރިވެވަޑައިގެންފި އެވެ.
އުރީދޫ މަސްރޭހުގައި މިނިސްޓަރު އިއްޔެ ބައިވެރިވެ ވަޑައިގަނެފައިވާއިރު، އެމަނިކުފާނު ބައިވެރިވީ ޔޫތު މިނިސްޓްރީގެ ފަރާތުން ރޭހުގައި ބައިވެރިވާ "ރަސް އައިނު" ޓީމުގައެވެ.
އިއްޔެގެ ރޭހުގައި ސްޓެލްކޯ އެއްވަނަ ހޯދައިފައިވާއިރު، ސްޓެލްކޯ އާއި ޓޫރިޒަމް ކްލަބް އަދި އަނަންތާރާގެ ޓީމާ ވާދަކޮށް ޔޫތް ޔޫތް އަދި ސްޕޯޓްސް މިނިސްޓްރީއަކަށް މޮޅެއް ނުވެވުނެވެ.
އުރީދޫ މަސްރޭހުގައި ހަތަރު ބުރެއް އޮންނައިރު، ކޮންމެ ބުރަކުންވެސް އެއްވަނަ ޓީމު ފައިނަލަށް ދެ އެވެ.
އުރީދޫ މަސް ރޭހުގައި ބައިވެރިވާން މި އަހަރު 23 ޓީމަކުން ކުރިމަތިލިއިރު، ރޭހަށް ނަގާ 16 ޓީމު ކަނޑައެޅީ ގުރުއަތުލައިގެންނެވެ. އަދި މިއަހަރުގެ މުބާރާތުގައި އަންހެން ބުރެއްވެސް ކުރިއަށްގެންދަން ހަމަޖެހިފައިވެއެވެ.
މަސްރޭހުގެ ގްރޭންޑް ފިނާލޭ ފިތުރު އީދު ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު، މަސް ރޭހުން އެއްވަނަ ޓީމަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.