ކުޅިވަރު އެކުއެނީގެ އިންޑޯރ ބެޑްމިންޓަން ކޯޓް ތަރައްގީ ކުރަނީ

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންޑޯ ބެޑްމިންޓަން ކޯޓް އިތުރަށް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އިންޑޯ ކޯޓު އެ އެސޯސިއޭޝަނުން ބުނާ ގޮތަކަށް މަރާމާތު ކޮށްދޭނެ ފަރާތްތަކުން 16 މެއި 2019 ވާ ބުރާސްފޮތިދުވަހު 11:00 އެ އެސޯސިއޭޝަނަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު 23 މެއި 2019 ގެ ކުރިން އެސްޓިމޭޓް ހުށަހެޅުއްވުމަށެވެ.

ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެފައިވަނީ، އިންޑޯ ކޯޓުގެ މަރާމާތުގެ މަސައްކަތް ނިމޭއިރު ދެކޯޓު އެޅިގެން ދާނެ ކަމަށެވެ. އަދި ބެޑްމިންޓަން އެސޯސިއޭޝަނާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ރަނގަޅު ފެންވަރުގެ ކޯޓުތަކެއް ތަރައްގީ ކުރަން ހަމަޖެހިފައި ވާކަމަށެވެ.

ބެޑްމިންޓަނަކީ މިފަހަކަށް އައިސް ރާއްޖޭގެ ގިނަ ބަޔަކު ކުޅެމުންދާ މަގުބޫލު ކަމެއް ހޯދަމުންދާ ކުޅިވަރެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ