ޔޫތު މިނިސްޓްރީން އެފްއޭއެމް އަށް ދިން ފައިސާ އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކުރިކަން ހާމަވެއްޖެއެވެ.
ކުޅިވަރު ޚަބަރުތައް ގެނެސްދޭ މައިސްޕޯޓްސްގައި އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް އާއި ހަވާލާދީ ބުނެފައިވަނީ، ޔޫތް މިނިސްޓްރީން އެފްއޭއެމް އަަށް ޖަމާކޮށްދޭން ޖެހޭ ޗެކު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކުރުމުން އެކަން ހައްލުކުރަން ގިނަ އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިފައިސާއަކީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މިނިސްޓްރީން އެފްއޭއެމަށް ދޭންޖެހޭ ފައިސާ އެވެ. މިފައިސާ ޖަމާވީ ރަޝީދު ކިޔާ މީހެއްގެ އެކައުންޓަކަށް ކަމަށް މިނޫހުގައި ބުނެފައި ވެއެވެ.
އެފްއޭއެމުގެ މުވައްޒަފުންނަށް ރަމަޟާން އެލަވަންސާއި މެއި މަހުގެ މުސާރަ ނުދެވި ލަސްވި މައްސަލަ އެއް މިފަހުން ފެންމަތި ވެފައި ވެއެވެ.
އެފްއޭއެމްގައި 84 މުވައްޒަފުން ވަޒީފާ އަދާކުރެއެވެ. އަދި މީގެ ތެރެއިން 40 މުވައްޒަފުން ވަޒީފާ އަދާކުރަމުންދަނީ އަތޮޅު ތެރޭގެ ރައްތަކުގައެވެ.